ދިވެހިރާއްޖެ
- ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު
މިކުންފުނީގެ މެއިލް އޮޕަރޭޝަންގެ މަސައްކަތުގައި ބޭނުންކުރުމަށް 2 ޓަނުގެ ލޮރީއެއް ގަތުމަށް ކުރެވުނު އިޢުލާން ނަންބަރު: PRC-MPL/IUL/2025/94 (08 ޖުލައި 2025) އާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގައި ރިކުއަމެންޓާ އެއްގޮތަށް ބީލަން ހުށަހަޅާފައިވާކަން ކަށަވަރުވާވަރަށް މަޢުލޫމާތު ހިމަނާފައިނުވާތީއާއި، ރިކުއަރމެންޓަށް ބަދަލުއައިސްފައިވާތީ މިދެންނެވި އިޢުލާން ބާތިލްކޮށް ތިރީގައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުން: |
|
ތާރީޚް: |
12 އޮގަސްޓް 2025 ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ. |
އެޑްރެސް/ތަން: |
ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ |
ގަޑި: |
14:00 |
2. ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު ބައެއް މައުލޫމާތު:
- ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 11 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 12:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
- 3009210
- [email protected]