ދިވެހިރާއްޖެ
އިޢުލާން
ކ.ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާއްމުކުރުން
ކ. ގުރައިދޫއިން ދިރިއުޅުމަށް 195 ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)338-ESMS/338/2024/62 (09 ސެޕްޓެމްބަރ 2024) އިޢުލާނާއި، ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ކުރެވުނު ނަންބަރު (IUL)338-ESMS/338/2025/28 (10 އޭޕްރީލް 2025) އިޢުލާނާއި ގުޅިގެން ކ.ގުރައިދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓު ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓާއި ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކާއި، ދައުލަތުގެ އިދާރާތަކުން ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ވަގުތީ ލިސްޓަށް ގެންނަންޖެހުނު ބަދަލުތައް ގެނައުމަށްފަހު، ކ. ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތައް އެނގޭނެ ދާއިމީ ލިސްޓު މި އިޢުލާނާއިއެކު ޢާންމު ކުރަމެވެ.