ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2025/46
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 13 އޮގަސްޓް 2025 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކ.ތުލުސްދޫ ބިންހިއްކައި ތަރައްޤީ ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނުގެ ބިޑް ހުށައެޅުމުގެ މުއްދަތު އިތުރުކުރުން މުއްދަތު

ކ. ތުލުސްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް ބޯހިޔާވެހިކަން ފޯރުކޮއްދިނުމަށާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މި ކައުންސިލުން އެޕްރޫވް ކޮށްފައިވާ ރިކްލެމޭޝަން ޕްލޭނުގެ ތެރެއިން ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ބިން ހިއްކައި، ރިވެޓްމަންޓްޖަހައި، ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)333/333/2025/41 އިޢުލާނަށް ބީލަން ތައްޔާރުކުރުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ބީލަން ހުށަހަޅަންޖެހޭ ތާރީޚްވަނީ ފަސްކުރެވިފައެވެ.

  • ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން: 13 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ 13:30 ގައި މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ  / ކ. ތުލުސްދޫ ގައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

04 އޮގަސްޓް 2025