ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)438-RDS/1/2015/134
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 08 އޮކްޓޫބަރު 2015 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް އިކްވިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ޏ.ފުވައްމުލަކުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވޭސްޓް މެނޭޖްމަންޓް އިކްވިޕްމަންޓް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ޏ.ފުވައްމުލަކުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް، އަންނަނިވި ވޭސްޓް މެނޭޖްމަންޓް އިކްވިޕްމަންޓް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. 120 ލީޓަރު ވީލީ ބިން
  2. 240 ލީޓަރު ވީލީ ބިން
  3. 660 ލީޓަރު ވީލީ ބިން
  4. ޝްރެޑް/ގްރައިންޑްކުރާ މެޝިން
  5. ދަޅު އަދި ޓެކްސްޓައިލް ބޭލަރ
  6. ގްލާސް ކްރަޝަރ
  7. އިލެކްޓްރިކް ސޯ (ކަރަންޓް ކީސް)

ހުށަހަޅަންވީ ތަކެތި

  • ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް އިކްވިޕްމަންޓް ފޯރުކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ. ހިމަނައިގެން)
  • އިކްވިޕްމަންޓް ސަޕްލައިކޮށް ރަށަށް ފޯރުކޮށްދިނުމަށް ނަގާނެ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު، މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ. ރަޖިސްޓްރޭޝަނުގެ ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތުކުރާނޭ ފަރާތުގެ ނަން، މަގާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ، މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ، ތިރީގައި މިދަންނަވާގޮތަށް އެޑްރެސް ކޮށްފައެވެ.

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ޏ.ފުވައްމުލަކުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވޭސްޓް މެނޭޖްމަންޓް އިކްވިޕްމަންޓް ފޯރުކޮށްދިނުމާބެހޭ

އިޢުލާނު ނަންބަރު: IUL)438-RDS/1/2015/134)

މަސައްކަތުގެ މަޢުލޫމާތު

މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް ކަމަށްވާ www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 3018432 / 3018431 ނަންބަރު ފޯނަށެވެ.

ޕްރީ ބިޑް ބައްދަލުވުން

މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ، 8 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

ބިޑް ހުޅުވުން

 ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ، 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރިއެއްގައި، މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ކޮންމެ ވަގުތެއްގައިވެސް ބިޑް ބާޠިލުކުރުމުގެ އިޚުތިޔާރު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 3018300 / 3018431 ނަންބަރު ފޯނަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް:  [email protected]

01 އޮކްޓޫބަރު 2015