ދިވެހިރާއްޖެ
ހދ.ކުމުންދޫ ބަދަރު ސަރަހައްދުގައި ބިނާކުރެވޭ މޮނިއުމަންޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 7 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވުމުން އީމެއިލް ކޮށްދެވޭނެއެވެ.
މޮނިއުމަންޓްގެ މަސައްކަތާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް ބައްދަލުވުމެއް ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ދާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށްށެވެ.
ލިންކް: https://forms.office.com/r/BUv5D38htc?origin=lprLink
| 
 ތަފްސީލް  | 
 ތާރީޚް  | 
 ގަޑި  | 
| 
 ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި އީމެއިލް: [email protected]  | 
 7 އޮގަސްޓް 2025 (ބުރާސްފަތި)  | 
 10:00  | 
| 
 ރަޖިސްޓަރ ވުމުގެ ސުން ގަޑި  | 
 7 އޮގަސްޓް 2025 (ބުރާސްފަތި)  | 
 10:00  | 
| 
 ޕްރީ ބިޑް ބައްދަލުވުން  | 
 7 އޮގަސްޓް 2025 (ބުރާސްފަތި)  | 
 13:00  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 13 އޮގަސްޓް 2025 (ބުދަ)  | 
 13:00  | 
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި އަދި އިޢުލާނު ކުރެވިފައިވާ މަސައްކަތާއި ގުޅޭ ވިޔަފާރީގެ ހަރަކާތްތައް ރަޖިސްޓްރީ ކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.