މަޤާމު
|
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމް ގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އީއެކްސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ހުޅުމާލެ ހޮސްޕިޓަލް / ޕަބްލިކްރިލޭޝަންސް އެންޑް މީޑިއާ މެނޭޖްމަންޓް / ހުޅުމާލެ
|
ޑިޕާޓްމެންޓް:
|
ޕަބްލިކްރިލޭޝަންސް އެންޑް މީޑިއާ މެނޭޖްމަންޓް
|
މުސާރަ:
|
މަހަކު -/11065 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
ސަޕޯޓިންގ ކޯ އެލަވަންސް: މަހަކު -/1300 ރުފިޔާ
ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)
ހެލްތް އެލަވަންސް: މުސާރައިގެ %35
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބެންވާނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ތަނުން ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް، މެނޭޖްމަންޓްގެ ލަފާގެ މަތިން ޑިޕާރޓްމަންޓް ލެވަލްގައި މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އަދި ހިދުމަތްތައް އަންނަ ބަދަލުތަކާއި އެކު ވޯކްފްލޯއަށް ގެނެވޭ ބަދަލުތައްގެނައުމާއި އެބަދަލުތަކުގެ ތަފްސީލްތައް މެނޭޖްމަންޓާއި ހިއްސާކުރުން.
- ހޮސްޕިޓަލުގެ ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް، ދެވޭ ޚިދުމަތަކީ އެފަރާތްތަކުން ބަލައިގަނެވޭފަދަ އަދި ހިތްހަމަޖެހޭގޮތަށް ފޯރުކޮށްދެވުނު ޚިދުމަތްތަކަށް ހެދުމަށް މަސައްކަތްކުރުން.
- ހޮސްޕިޓަލުގެ ހިދުމަތްތަކާއި ގުޅޭގޮތުން މެނޭޖްމަންޓްލެވަލްގައި ނިންމާނިންމުންތަކާއި ގެނެވޭ ބަދަލުތަކުގެ ތެރެއިން ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އަންގައިދޭންޖެހޭކަންކަން ދަށުގައި ތިބި މުވައްޒަފުންނަށް އޮޅުންފިލުވައިދީ އެކަންކުރެވެމުންދާގޮތުގެ އިރުޝާދުދިނުން
- ޕަބްލިކްރިލޭޝަންސް އެންޑް މީޑިއާ މެނޭޖްމަންޓްގައި މަސައްކަތްރު ސުޕަވައިޒަރީ ލެވެލްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުނަށް އެމުވައްޒަފަކާއި ހަވަލުކުރެވޭ މަސައްކަތް ތަކަށް ޓާގެޓްކަނޑައަޅައި، ޓާގެޓާއި އެއްގޮތަށް މަސައްކަތްކުރޭތޯބަލާ މޮނީޓާކޮށް ބެލެހެއްޓުން
- ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ގުޅިގެން ހުށަހަޅާ ފީޑްބެކް އަދި ޝަކުވާތަށް އަޑުއަހާ އިވަލުއޭޓްކުރުމަށް ފަހު ޚިދުމަތަށާއި، އެޚިދުމަތަކާއި ގުޅޭގޮތުން ޑިޕާރޓްމަންޓްގެ ހިދުމަތްތަކަށް ގެންނަންޖެހޭ ބަދަލުތައްގެނައުން.
- ޕަބްލިކްރިލޭޝަންސް އެންޑް މީޑިއާ މެނޭޖްމަންޓްގެ ސުޕަވައިޒަރީ ލެވެލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން ބައްދަލުވުން ބޭއްވައި ދުވަހުންދުވަހަށް މަސައްކަތްހިނގާގޮތް އޮޅުން ފިލުވައި ގެނެވޭބަދަލުތަށް ކިޔައިދީ މުވައްޒަފުންގެ ފަރާތުން އަންނަވާހަކަތައް އަޑުއަހައި ދިމާވާދަތިތަކަށް ހައްލު ހޯދުމައް މަސައްކަތްކުރުން.
- ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ މެނޭޖްމަންޓް ޑިޕާރޓްމަންޓްގެ ހުރިހާ މުވައްޒަފުންނަށް ޤަވައިދުން ބައްދަލުވުންތައް ބޭއްވުމާއި މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށް މުވައްޒަފުންނަށް ދަތިވާކަންކަން އޮޅުންފިލުވައި ހައްލުހޯދައިދިނުން
- ހޮސްޕިޓަލުން ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް ރައްޔިތުން ބަލައިގަންނަ ހިދުމަތަކަށް ހެދުމަށްޓައި އެހެން ޑީޕާރޓްމަންޓްތަކާއި މަޝްވަރާކޮށް، ތަނުން ދެވޭ ހިދުމަތްތަކުގެ ތަފްސީލްބަޔާންކޮށް އެސް. އޯ. ޕީ ތައް ލިޔެ އެކުލަވާލުން އަދި މަސައްކަތަށް އަންނަބަދަލާއިއެކު އެސްއޯޕީތަކަށްވެސް ފަހުގެ ބަދަލުތައް ގެނައުން.
- ޑިޕާރޓްމަންޓްގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށާއި މުވައްޒަފުންގެ މަސައްކަތުފެންވަރު ރަނގަޅުކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ޕޮރޮގްތާމްތައް ދެނެގަނެ، ޓްރެއިނިންގ ޕޮރޮގްތާމްތައް ހިންގުން.
- ހޮސްޕިޓަލްއިން އިންތިޒާމްކޮށް ބާއްވާ އެކިއެކި އިވެންޓްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް މީޑީއާ މެނޭޖްމާންޓް ޑިޕާރޓްމަންޓްގެ މުވައްޒަފުންގެ އެހީތެރިކަމާއިއެކު އާރޓްވޯރކްތައް ތައްޔާރުކޮށްދިނުމާއި ވީޑީއޯ ރިޕޯޓް އަދި ފޮޓޯގްރަފީ ފަދަ މަސައްކަތްތައްކުރުން
- ހޮސްޕިޓަލްއިން ދެވޭ ހިދުމަތްތަކާއި ގުޅޭ ފަހުގެ މައުލޫމާތު ރައްޔިތުންނަށް އޮޅުންފޮލުވައި ދިނުމާއި ހިދުމަތްތަކާއި ގުޅޭގޮތުން ހުންނަންޖެހޭ ސައިނޭޖްބޯޑުތަކާއި އެެހެނިހެން ނަންބޯޑުތައް އަދާހަމަކޮށްފައި ހުރިތޯ ކަށަވަރުކުރުން.
- އިންފޮމޭޝަން އޮފިސަރގެ ޤާނޫނީ އެންމެހައި ޒިންމާތައް އަދާކުރުމާއި ހޮސްޕިޓަލުގެ ހިދުމަތްތަކާއި ގުޅޭގޮތުން އާންމު ފަރާތްތަކުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި އަދި މީޑިއާތަކާއި ހިއްސާކުރަންޖޭ ސައްހަމައުލޫމާތުތައް ޤަވައިދުން ފޯރުކޮށްދިނުން.
|
މަޤާމުގެ ޝަރުތު
|
މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
ތައުލީމީ ރޮނގުތައް
|
އެޑްމިނިސްޓްރޭޝަން
ބިޒްނަސް އެޑްމިނިސްޓްރޭޝަން
ބިޒްނަސް މެނޭޖްމަންޓް
މެނޭޖްމަންޓް
ޕަބްލިކް އެޑްމިނިސްޓްރޭޝަން
ހިއުމަން ރިސޯސް
ޕަބްލިކް ރިލޭޝަންސް
މާކެޓިންގ
މީޑިއާ
|
ގުޅޭ ވަޒީފާގެ ދާއިރާ
|
- މެނޭޖްމަންޓް
- އެޑްމިނިސްޓްރޭޝަން
- ހިއުމަން ރިސޯސް
- ޕަބްލިކް ރިލޭޝަންސް
- މާކެޓިންގ
- މީޑިއާ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
- ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޮގަސްޓު 2025 ގެ 14:00 ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށްރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.
|