ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) H-12SM/2015/09
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 15 އޮކްޓޫބަރު 2015 14:30
މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު

މި މިމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

-           

ވަޒީފާ އަދާކުރަންޖެހޭ ތަން

މާފުށީ ޞިއްޙީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަރުކަޒުގެ ގޯތިތެރެއާއި އިމާރާތާއި އެތަންތާނގައިވާ ތަކެއްޗާއި ވަށައިގެންވާ މަގުތައް ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުން.
  • މަރުކަޒުން އެކިފަރާތްތަކަށް ފޮނުވަން ހަވާލުކުރެވޭ ތަކެތި އެފަރާތްތަކާ ހަވާލުކުރުމާއި، ކިޔަންޖެހޭ ލިސްޓްތަކަށް ކިޔުމާއި، ޢާންމު ކުރަންޖެހޭ އެންގުންތައް، އެތަކެތި ހިއްޕަންޖެހޭ ތަންތަނުގައި ހިއްޕުމާއި، ބަނދަރުން ގެންނަންޖެހޭ ތަކެތި ގެނައުމާއި، ބަނދަރަށް ގެންދަންޖެހޭ ތަކެތި ގެންދިޔުން.
  • ރަށުގެ އެކި އޮފީސްތަކަށާއި، އެހެނިހެން ފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީއާއި އެހެނިހެން ލިޔުންތަކާއި ތަކެތި ހަވާލުކުރުން.
  • މަރުކަޒުން އަންގާ ވަޒީފާއާ ގުޅުންހުރި އެންމެހައި ކަންތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  • ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 14 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6640414 އެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހެލްތުގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.

28 ސެޕްޓެންބަރު 2015