ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ މަރަދޫ އަވަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު(IUL)426-AE/426/2025/277: އިޢުލާނާ، ގުޅިގެން މަރަދޫއަވަށުގެ ރަޢްޔިތުން ތަމްޞީލްކުރުމަށް މިނިވަން މުސްތަޤިއްލު ކޮމިޓީއެއް އެކުލަވާލުމަށް ކުރުވުނު އިޢުލާން ނަންބަރު(IUL)426-AE/426/2025/288: އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝަޢުގުވެރިކަން ފާޅު ކޮށްފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.
ގޯތި ދޫކުރުމަށް ކަނޑައަޅައި އާއްމުކުރެވުނު އުސޫލުގެ 4 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރުގައިވާ ގޮތުން ގޯއްޗަށް އެދި މަރަދޫ އަވަށު އޮފީހަށް ހުށަހެޅޭ ފޯމުތައް އިވެލުއޭޓް ކުރާނީ އެކި ދާއިރާތަކުން ބޭފުޅުން ހިމެނޭހެން އައްޔަންކުރެވޭ މިނިވަން މުސްތަޤިއްލު ކޮމިޓީއަކުންނެވެ. އަދި އެކޮމިޓީއަށް މަރަދޫ އަވަށު ރައްޔިތުން ތަމްސީލުކުރާ މަރަދޫއަށް ނިސްބަތްވާ މެންބަރަކުވެސް އައްޔަން ކުރަންޖެހެއެވެ. ކޮމިޓީއަށް މަރަދޫ އަވަށުގެ ރައްޔިތުން ތަމްސީލުކުރުމަށް ކުރިމަތިލައްވާ ފަރާތަކީ މަރަދޫ އަވަށުން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތެއްކަމުގައި ވެގެންނުވާނެއެވެ.
ވީމާ، މަތީގައި ދެންނެވުނު އިޢުލާނާ ގުޅިގެން އައްޑޫ ސިޓީ މަރަދޫ އަވަށު އޮފީހަށް ގޯއްޗަށް އެދި ހުށަހެޅިފައިވާ ފޯމުތައް އިވެލުއޭޓް ކުރުމަށް އެކުލަވާލެވޭ ކޮމިޓީގައި މަރަދޫ އަވަށުގެ ރައްޔިތުން ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ އަދި އެމަސައްކަތަށް ވަގުތު ދެއްވޭނެ ބޭފުޅުން އެބޭފުޅެއްގެ ވަނަވަރާ އެކު 2025 އޯގަސްޓް 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14.00ގެ ކުރިން މަރަދޫ އަވަށު އޮފީހަށް ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
މަރަދޫ އަވަށު އޮފީސް [email protected]
9 ޞަފަރު 1447
3 އޯގަސްޓް 2025