ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)458/458/2015/7
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 12 އޮކްޓޫބަރު 2015 15:00
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީގެ ތިރީގައި މިދަންނަވާ މަޤާމު ތަކަށް މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، 12 އޮކްޓޯބަރ 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން މިއޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

1. ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01 (އެކެއް)

ހަމަޖައްސާ ސެކްޝަން

އެޑްމިނިސްޓްރޭޝަން / ޑެއިލީ އެޑްމިނިސްޓްރޭޝަން

ރޭންކް

އެމް. އެސް 1

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

މުސާރަ

-/5,610 ރުފިޔާ

ސާރވިސް އެލަވަންސް

-/2,000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް

މުސާރައިގެ %35

މަޤާމުގެ އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު

  1. އިދާރީ މަސައްކަތް ކުރުން.
  2. ފައިސާއާގުޅޭ މަސައްކަތް ކުރުން.

2. އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01 (އެކެއް)

ހަމަޖައްސާ ސެކްޝަން

އެޑްމިނިސްޓްރޭޝަން / ޑެއިލީ އެޑްމިނިސްޓްރޭޝަން

ރޭންކް

ޖީ.އެސް. 3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މުސާރަ

-/4,465 ރުފިޔާ

ސާރވިސް އެލަވަންސް

-/1,500 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް

 މުސާރައިގެ %35

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.   ނުވަތަ،
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު

  1. އިދާރީ މަސައްކަތް ކުރުން.
  2. ފައިސާއާގުޅޭ މަސައްކަތް ކުރުން.

3. އެސިސްޓެންޓް ލޭބަރ ރިލޭޝަންސް އޮފިސަރ

މަޤާމު

އެސިސްޓެންޓް ލޭބަރ ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު

 01 (އެކެއް)

 ހަމަޖައްސާ ސެކްޝަން

އެވެއާރނަސް އެންޑް ރިޕޯޓިންގ / ރިޕޯޓިންގ

ރޭންކް

ޖީ.އެސް 4

 ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2

މުސާރަ

-/5,020 ރުފިޔާ

 ސާރވިސް އެލަވަންސް

-/1,500 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް

މުސާރައިގެ %35

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން  ދަށްވެގެން "ސީ" ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު

  1. އިންސްޕެކްޝަން އަދި އިންވެސްޓިގޭޝަން މައްސަލަތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓް ތައްޔާރުކުރުން.
  2. ވަޒީފާ އަދާކުރާ ފަރާތްތަކުންނާއި ވަޒީފާދޭ ފަރާތްތަކުން މައްސަލަ ހުށަހަޅަން ބޭނުންވާހިނދު އެކަމާބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދީ އެކަންތައްތައް ބެލެހެއްޓުން.
  3. ސަރުކާރުގެ އެކިއެކި އިދާރާތަކާއި، ބޭރުޤައުމުތަކުގެ ފަރާތްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތުތައް އެފަރާތްތަކަށް ފޯރުކޮށްދިނުން.

 

 

 

 

 

 

 

 

 

 

 

4. އެސިސްޓެންޓް ލޭބަރ ރިލޭޝަންސް އޮފިސަރ

މަޤާމު

އެސިސްޓެންޓް ލޭބަރ ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު

01 (އެކެއް)

ހަމަޖައްސާ ސެކްޝަން

އިންސްޕެކްޝަން / ޕްލޭނިންގ

ރޭންކް

ޖީ.އެސް 3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މުސާރަ

-/4,465 ރުފިޔާ

 ސާރވިސް އެލަވަންސް

-/1,500 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް

މުސާރައިގެ %35

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު

  1. އިންސްޕެކްޝަން އަދި އިންވެސްޓިގޭޝަން މައްސަލަތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓް ތައްޔާރުކުރުން.
  2. ވަޒީފާ އަދާކުރާ ފަރާތްތަކުންނާއި ވަޒީފާދޭ ފަރާތްތަކުން މައްސަލަ ހުށަހަޅަން ބޭނުންވާހިނދު އެކަމާބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދީ އެކަންތައްތައް ބެލެހެއްޓުން.
  3. ސަރުކާރުގެ އެކިއެކި އިދާރާތަކާއި، ބޭރުޤައުމުތަކުގެ ފަރާތްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތުތައް އެފަރާތްތަކަށް ފޯރުކޮށްދިނުން

 

 

 

 

 

 

 

 

 

 

5. އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ

މަޤާމު

 އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ

ބޭނުންވާ އަދަދު

04 (ހަތަރެއް)

ހަމަޖައްސާ ސެކްޝަން

އިންސްޕެކްޝަން / ކޮންޑަކްޓިންގ

ރޭންކް

ޖީ.އެސް 3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މުސާރަ

-/4,465 ރުފިޔާ

ސާރވިސް އެލަވަންސް

-/1,500 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް

މުސާރައިގެ %35

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ  މަސްއޫލިއްޔަތުތަކާއި ވާޖިބު

  1. ވަޒީފާއާ ބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުންނާއި، ވަޒީފާ އަދާކުރާ ފަރާތްތަކުން ޢަމަލު ކުރަމުންގެންދޭތޯ ބަލައި ޗެކްކުރުން.
  2. ވަޒީފާއާ ބެހޭ ޤާނޫނާއި ގަވާއިދުގެ ދަށުން އަންގަންޖެހޭ އެންގުންތައް އެންގުން.
  3. އިންސްޕެކްޝަންތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

 

 

 

 

 

 

 

 

 

 

6. އެސިސްޓެންޓް އިންވެސްޓިގޭޝަންސް އޮފިސަރ

މަޤާމު

އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ

ބޭނުންވާ އަދަދު

 02 (ދޭއް)

ހަމަޖައްސާ ސެކްޝަން

ލީގަލް އެންޑް ޑިސްޕިޔުޓް ރިޒޮލިޔުޝަން / އިންވެސްޓިގޭޝަން

ރޭންކް

ޖީ.އެސް 3

ކްލެސިފިކޭޝަން

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

-/4,465 ރުފިޔާ

ސާރވިސް އެލަވަންސް

-/1,500 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް

މުސާރައިގެ %35

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު

1. ވަޒީފާއާ ބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާ ޚިލާފުވެގެން ހުށަހެޅޭ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން.

2. މައްސަލަތަކާ ގުޅިގެން ދޭންޖެހޭ ޤާނޫނީ ލަފަޔާއި މަޢުލޫމާތު ދިނުން.

3. މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

 

 

 

 

 

 

 

 

 

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

  (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިއޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު).

4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:

  1. މަޤާމާ ގުޅޭ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު.
  3. ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
  4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

އިންޓަރވިއު:

މި މަޤާމުތަކަށް އިންޓަރވިއު ކުރުން އޮންނާނީ 2015 އޮކްޓޫބަރު 20، 21 އަދި 22 މި ތިންދުވަހު ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ. އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަރވިއު އޮންނާނެ ދުވަހާއި ގަޑި މިއޮތޯރިޓީން އަންގާނެއެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3306112 ނުވަތަ 3306105 ނުވަތަ 3306101 މިއިން ފޯނު ނަންބަރަކަށް ގުޅުއްވުން އެދެމެވެ.
  • ވެބްސައިޓް އެޑްރެސް www.lra.gov.mv

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

14 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015