މަސައްކަތް
ނަންބަރު: (IUL)407-ESM/INDIV/2025/4
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 10 އޮގަސްޓް 2025 13:30
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ދެއްކުމާއި ޕާސްޕޯޓާއި، ވޯކްޕާރމިޓް އާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

އިޢުލާން

މި އިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ދެއްކުމާއި ޕާސްޕޯޓާއި، ވޯކްޕާރމިޓް އާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

                        މި އިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ދެއްކުމާއި ޕާސްޕޯޓާއި، ވޯކްޕާރމިޓް އާކުރުމުގެ މަސައްކަތް މީލާދީ 03 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެއެވެ.

                  މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:30 ގެކުރިން  [email protected]   އަށް ގެޒެޓް ކުރެވިފައިވާ " ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް " ފުރުމަށްފަހު އީމެއިލްއަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެމެއެވެ.

 

އިޢުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލް:

ބީލާން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:   03 އޮގަސްޓް 2025 އިން 10 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް

ބީލަން ހުށަހެޅުން:  13 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 ގައި ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި

 

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނަމަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6820027 އަށް  ގުޅުއްވުން އެދެމެވެ.

 

03 އޮގަސްޓް 2025