މަސައްކަތް
ނަންބަރު: (4)DS/2015/11
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:45
ސުންގަޑި: 06 އޮކްޓޫބަރު 2015 13:00
ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގެ ދަރިވަރުން ބޭނުންކުރާ އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މި ސްކޫލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

15 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015