މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އެގްޒެކްޓިވް
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ބާވަތް:
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ.)
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހުޅުމާލެ އެތުލެޓިކްސް ސްޓޭޑިއަމް)
|
މުސާރަ:
|
10000 - 15000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
ނެތް
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އެސޯސިއޭޝަންގެ އިދާރީ ހިންގުމުގެ އޮނިގަނޑު ތައްޔާރުކުރުން
- އެކި އެކި މަގާމުތަކަށް ބޭނުންވާ މުވައްޒަފުން ހޯދުން
- މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް، އިސްލާހު ކުރަންޖެހޭ ކަންތައްތައް އިސްލާހު ކުރުން
- މުވަޒަފުން ވަޒީފާގެ ގާނޫނާއި އެސޯސިއޭޝަންގެ އުޞޫލުތަކަށް އަހަލުވެރިކުރުވުން
- މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ތަމްރީންތަށް ތައްޔާރުކޮށް މުވަޒަފުން ތަމްރީން ކުރުން
- މުވަޒަފުންގެ މުސާރައިގެ ކުރިއެރުމާއި އެހެނިހެން އިނާޔާތްތަކުގެ ކަންތައްތައް ބެލެހެއްޓުން
|
މަޤާމުގެ ޝަރުތުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09ގެ ސަނަދެއް ޙާޞިލްކޮށްފައިވުން / އޭލެވެލް ފުރިހަމަކޮށްފައިވުން
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 10 އޮގަސްޓް 2025ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އެތުލެޓިކްސް އެސޯސިއޭޝަންގެ އީ-މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.
- މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖުލައި މަހުގެ ތާރީޚެއްގައެވެ.
|
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެތުލެޓިކްސް އެސޯސިއޭޝަންގެ އީ-މެއިލް [email protected] މެއިލް ކުރެއްވުން އެދެމެވެ.
|