ވަޒީފާގެ ފުރުޞަތު
ނަންބަރު: AAM/2025/3
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 10 އޮގަސްޓް 2025 14:00
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މާކެޓިން އެގްޒެކްޓިވް

މަޤާމު:

މާކެޓިން އެގްޒެކްޓިވް

ބޭނުންވާ އަދަދު:

1

މަޤާމުގެ ބާވަތް:

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ.)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހުޅުމާލެ އެތުލެޓިކްސް ސްޓޭޑިއަމް)

މުސާރަ:

 10000 – 15000ދެމެދު

އެހެނިހެން އެލަވަންސް:

ނެތް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އެސޯސިއޭޝަންގެ މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، އެ ޕްލޭންގައި   ހިމެނިފައިވާ ހަރަކާތްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  •  ކޮންސެޕްޓްތަކާއި އާޓްވޯކްތަކުގެ އިނީޝިއަލް ލޭއައުޓް ފަރުމާކުރުމުގައި އެހީތެރިކަން   ފޯރުކޮށްދިނުން.
  •  އެސޯސިއޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ޕްރޮމޯޓްކުރުމާއި، ޕަބްލިކް ރިލޭޝަންސްގެ އެންމެހައި   މަސައްކަތްތައް ކޯޑިނޭޓްކުރުން.
  •  އެސޯސިއޭޝަންގެ މަންތްލީ، ވީކްލީ އަދި ޑެއިލީ ކޮންޓެންޓް ތައްޔާރުކޮށް ޕަބްލިޝްކުރުމުގައި   އެހީތެރިކަން ފޯރުކޮށްދިނުމާއި އުފެއްދުންތެރި ކެމްޕެއިންތައް ހިންގުމަށް ޓީމުގެ އެހެން މެމްބަރުންނާ   ގުޅިގެން މަސައްކަތްކުރުން.
  •  ޓާގެޓް އޯޑިއަންސް އެންގޭޖްކޮށް ކީ މެސެޖިންގ ފޯރުކޮށްދޭ ކޮންޓެންޓް ތައްޔާރުކުރުން.
  •  ހުރިހާ ޗެނަލެއްގައިވެސް ކޮންސިސްޓެންސީ ކަށަވަރުކުރުމަށް އެސޯސިއޭޝަންގެ ބްރޭންޑް   ގައިޑްލައިންތަކާއި ވިޝުއަލް ސްޓޭންޑަޑްތައް އެކުލަވާލައި ބެލެހެއްޓުން.
  •  އެސޯސިއޭޝަންގެ ބްރޭންޑިންއާ ގުޅުންހުރި މަސައްކަތްތައް ރާވައި ހިންގުން.
  •  ވެބްސައިޓާއި ސޯޝަލް މީޑިއާ ކޮންޓެންޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  •  ކޮންސެޕްޓް ސްޓޭޖްއިން ފެށިގެން ފައިނަލް ޑެލިވެރީއާ ހަމައަށް ޑިޒައިންތައް އުފެއްދުމުގައި   އެކްޓިވްކޮށް ކޮންޓްރިބިއުޓް ކުރުން.
  •  ވީޑިއޯ އަދި ފޮޓޯގްރަފީއަށް ބޭނުންވާ މެޓީރިއަލް ހޯދުން.
  •  ޕީ.އާރް އަށް ބޭނުންވާ މެޓީރިއަލް ހޯދުން.
  •  ވީކްލީ އަދި މަންތްލީ މާކެޓިންގ ރިޕޯޓް ތައްޔާރުކުރުން.

މަޤާމުގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 09ގެ ސަނަދެއް ޙާޞިލްކޮށްފައިވުން / އޭލެވެލް ފުރިހަމަކޮށްފައިވުން
  2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރުދުވަހުގެ މަސައްކަތުގެ   ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އެތުލެޓިކްސް އެސޯސިއޭޝަންގެ އީ-މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  •  އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
  •  މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.
  • މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖުލައި މަހުގެ ތާރީޚެއްގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެތުލެޓިކްސް އެސޯސިއޭޝަންގެ އީ-މެއިލް  [email protected] މެއިލް ކުރެއްވުން އެދެމެވެ.

03 އޮގަސްޓް 2025