މަސައްކަތް
ނަންބަރު: (IUL)TAH-A/INDIV/2015/12
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 08 އޮކްޓޫބަރު 2015 10:00
ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުދިދޮރުތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ތ. އަތޮޅު ހޮސްޕިޓަލްގެ ކުދިދޮރުތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ތ.އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓާއި، ޑޮކްޓަރސް ލައުންޖާއި އަދި އެކްސްރޭ ރޫމުގެ ކުޑަދޮރުތައް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރުމާއި، ބީލަން ހުށަހެޅުމުގެ ކަންތައް ކުރިއަށް ގެންދިއުން އެދެމެވެ.

މައުލޫމާތު ސާފުކުރުން

ބީލަމް ހުށަހެޅުން/ ބީލަން ހުޅުވުން

މަޢުލޫމާތު ސާފުކުރުމާއި ބީލަން ހުށަހެޅުން/ ބީލަން ހުޅުވުން ކުރިއަށްދާނެ ތަންތަން

08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ)

ތ. އަތޮޅު ހޮސްޕިޓަލް

މަޢުލޫމާތު ސާފުކުރެވުމަށް ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ ރަސްމީލިޔުމެއް، ކުންފުންޏެއްގެ ފަރާތުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއެއް އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެ ފަރާތުގެ ލިޔުމެއް އޮންނަންވާނެއެވެ. އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން ބަދަލުގައި އެކަކު ފޮނުވާފައިވާނަމަ، އެފަރާތަކަށް މަޢުލޫމާތު ސާފުކޮށެއް ނުދެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.

15 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015