މަސައްކަތް
ނަންބަރު: 144-A3/2015/634
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:42
ސުންގަޑި: 05 އޮކްޓޫބަރު 2015 13:30
ސިވިލް ކޯޓު
ދިވެހިރާއްޖެ
މަރާމާތުތަކެއް ކުރުމަށް

މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިކޯޓުގެ މަރާމާތުތަކެއް ކުރުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 05 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 13:30 އަށް ތީމުގޭގެ އުތުރުން ހަވީރީ ހިނގުމުގައި ހުންނަ ސިވިލްކޯޓު އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ ކައުންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30އަށް ތީމުގޭގެ އުތުރުން ހަވީރީ ހިނގުމުގައި ހުންނަ ސިވިލްކޯޓު އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ ކައުންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

14 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015