މުބާރާތް
ނަންބަރު: (IUL)419-CAA/419/2025/90
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 03 ސެޕްޓެންބަރު 2025 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'ގައްދޫ ފުޓްސަލް ޗެލެންޖް 2025' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

'ގައްދޫ ފުޓްސަލް ޗެލެންޖް 2025' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން:

 

ކައުންސިލްގެ 2025 ވަނައަހަރުގެ ކުޅިވަރު ކަލަންޑަރުގެ ދަށުން 'ގައްދޫ ފުޓްސަލް ޗެލެންޖް 2025' މިއަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ފެއްޓުމަށް ގައްދޫ ކައުންސިލުން މިދަނީ ތައްޔާރުވަމުންނެވެ.  

މިފަހަރުގެ މިމުބާރާތަކީވެސް، ދިވެހިރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ، ރާއްޖޭގައި ބޭއްވޭ އިންތިޒާމްތައް ފުރިހަމަ ފުޓްސަލް މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވެއެވެ. މުބާރާތް ހުޅުވާލެވިފައިިވަނީ ދެކުނު އޭޝިއާއަށް ނިސްބަތްވާ ޤައުމުތަކުގެ ޓީމްތަކަށާއި ދިވެހިރާއްޖޭގެ ޓީމްތަކަށެވެ. ކުރީގެ އަހަރުތަކާއި މުޅިން ތަފާތުކޮށް ޚިލާފަށް ގައްދޫ ފުޓްސަލް ޗެލެންޖް 2025 މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑިވިޝަނަށް އެކަނި އަމާޒުކޮށެވެ.

އެހެންކަމުން، މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން އިޢުލާނާއެކު ޢާންމުކޮށްފައިވާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 2025 ސެޕްޓެމްބަރ 03 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 2025 އޮކްޓޯބަރ 05 ވަނަ ދުވަހުގެ 14:00 އެވެ. ވީމާ، ގައްދޫ ފުޓްސެލް ޗެލެންޖް 2025 ގައި ބައިވެރިވާން އެދޭ ޓީމްތަކުން ކަނޑައެޅިފައިވާ ތާރިޚްގެ ކުރިން ފޯމްތައް ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ފޯމްތައް މެއިލް  ([email protected])މެދުވެރިކޮށް ނުވަތަ ކައުންސިލްގެ ކައުންޓަރ އިން ވެސް ބަލައިގަންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9111005/7931318 އަށް ގުޅުއްވުން އެދެމެވެ. 

02 އޮގަސްޓް 2025