މަސައްކަތް
ނަންބަރު: (IUL)COL/1/2015/11
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:42
ސުންގަޑި: 05 އޮކްޓޫބަރު 2015 11:00
ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް

ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ

މި ސެންޓަރުން ހިންގާ ކޯސްތަކުގެ ބައެއް މާއްދާތަކުގެ ސްޓަޑީގައިޑް ލިޔުމަށާއި ސްޓަޑީގައިޑް ރިވައިޒް ކުރުމަށް ކުރެވުނު ނަންބަރު: IUL)COL/1/2015/09) އިޢުލާނާ ގުޅިގެން ތިރީގައި ދެންނެވިފައިވާ ދެ މާއްދާގެ ސްޓަޑީގައިޑް ރިވައިޒް ކުރުމަށް އެކަށީގެންވާ މިންވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެމަސައްކަތަށް ކުރިމަތިލުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

 

ކޯސް

މާއްދާ

މަސައްކަތް

1

ޑިޕްލޮމާ އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން

މޯލްޑިވިއަން ލީގަލް ސިސްޓަމް

ސްޓަޑީގައިޑް ރިވައިޒް ކުރުން

އިންޓްރޮޑަކްޝަން ޓު ޖުޑިޝަލް އެޑްމިނިސްޓްރޭޝަން

ސްޓަޑީގައިޑް ރިވައިޒް ކުރުން

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345192 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

14 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015