މަސައްކަތް
ނަންބަރު: (IUL)14-A3/1/2015/78
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:41
ސުންގަޑި: 07 އޮކްޓޫބަރު 2015 13:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކ.ތިލަފުށީ ކަސްޓަމްސް ޢިމާރާތުގެ އޮފީސްބައިގެ ދޮރުތަކާއި ކުޑަދޮރުތަކުގައި އަދި ކަސްޓަމްސް މައި ޢިމާރާތުގެ ލޮބީއޭރިއާގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދަން

މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް، ކ.ތިލަފުށީ ކަސްޓަމްސް ޢިމާރާތުގެ އޮފީސްބައިގެ ދޮރުތަކާއި ކުޑަދޮރުތަކުގައި އަދި ކަސްޓަމްސް މައި ޢިމާރާތުގެ ލޮބީއޭރިއާގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2015/75) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅަން އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

14 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015