ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ރަޖިސްޓަރީ ނަންބަރު: B1A3885 ވޭން އަދި ރަޖިސްޓަރީ ނަންބަރު: B1A3529 ޖީޕް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި އިދާރާގެ ނަންބަރު: IUL)425-A1/1/2015/92)ފ(01 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން މިކަމަށް ޝައުޤުވެރިކަން ހާމަކޮށްފައިވާ ފަރާތްތަކުން ހުށަހެށި ޕްރޮޕޯޒަލްތަކުގައި މުހިންމު ބައެއް ލިޔުންތައް ހިމަނާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ތަން |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
08 އޮކްޓޫބަރު 2015 |
މާލޭ ސިޓީ ކައުންސިލްގެ އިދާރާ (ކުރީގެ މާފަންނު އަވަށު އޮފީސް) ކަނބައި އާއިސާރަނި ހިނގުން |
ބުރާސްފަތި |
13:00 |
އަގު ހުށަހެޅުއްވުމަށް |
15 އޮކްޓޫބަރު 2015 |
މާލޭ ސިޓީ ކައުންސިލްގެ އިދާރާ (ކުރީގެ މާފަންނު އަވަށު އޮފީސް) ކަނބައި އާއިސާރަނި ހިނގުން |
ބުރާސްފަތި |
13:00 |
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.
14 ޛުލްޙިއްޖާ 1436