ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2025/187
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 06 އޮގަސްޓް 2025 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އާކިޓެކްޗަރަލް ކޮންސަލްޓަންޓް

ވަޒިފާގެ ފުރުސަތު

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއި ގުޅިގެން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާއި ދާއިރާގެ ޢިމާރާތްތަކުގެ އިންޖީނިއަރިންގ ގެ މަސައްކަތްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން، ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތައް ކުރުމަށް ކޮންސަލްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާނެ ތިރީގައި ދަންނަވާ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

މަޤާމް / މަސައްކަތް

ބޭނުންވާ އަދަދު

އާކިޓެކްޗަރަލް ކޮންސަލްޓަންޓް

1

 

މި މަޤާމު/ މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

 

މަޤާމު/މަސައްކަތަށް އެދި ހުށަހެޅުން:

މި މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 އޮގަސްޓް 2025 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން މި މިނިސްޓްރީގެ ގޫގަލް ފޯމު މެދުވެރިކޮށް https://forms.gle/WoSzfBtVN8CST7UQ8  އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

އެޕްލިކޭޝަންއާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ / އެޕްލިކޭޝަން ފޯމް

ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓް ކޮޕީ

ތަޖުރިބާގެ ލިޔުންތައް

 

31 ޖުލައި 2025