ދިވެހިރާއްޖެ
މި އެޖެންސީއަށް ބޭނުންވާ ބައެއް ނަންބޯޑު ހެދުމަށް ބޭނުންވެގެން 13 ސެޕްޓެންބަރު 2015 ގައި ކުރެވުނު IUL)199-GAS/199/2015/43) ނަންބަރު އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހަޅުއްވަން މީހުން ވަޑައިނުގަންނަވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއެޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު މި އެޖެންސީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ދީފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.
16 ޛުލްޙިއްޖާ 1436