ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426/426/2025/466
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 16:01
ސުންގަޑި: 07 އޮގަސްޓް 2025 10:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މަރަދޫފޭދޫ އަވަށު އޮފީހުގައި ހުރި ދުވަސްވެފައިވާ ތަކެތި ނީލަން ކިޔުމާއި ބެހޭ

އިޢުލާން

މަރަދޫފޭދޫ އަވަށު އޮފީހުގައި ހުރި ދުވަސްވެފައިވާ ތަކެތި ނީލަން ކިޔުމާއި ބެހޭ

        މަރަދޫފޭދޫ އަވަށު އޮފީހުގައި ހުރި ދުވަސްވެފައިވާ ފެން ތާނގީތައް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ފެން ތާނގީތަކުގެ މަޢުލޫމާތު ތިރީގައި ދެންނެވީމެވެ.

 

#

ތަފްޞީލު

ފެށޭ އަގު

އަދަދު

1

ތާނގީ

500ރ

07

 

        ނީލަން ކިޔުން އޮންނާނީ 07 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 00:10 ގައި މަރަދޫފޭދޫ އަވަށު އޮފީހުގެ ގޯތިތެރޭގައެވެ.

        ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 04 އޮގަސްޓް 2025 އިން 06 އޮގަސްޓް 2025 ގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް، މަރަދޫފޭދޫ އަވަށު އޮފީހަށް ވަޑައިގަތުމުން، ތަކެތި ބެއްލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 03  ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު، ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވާ ހުންނަ ތަކެތި ދެވަނަ ފަހަރަށް ނީލަމަށް ލެވޭނެއެވެ.

        ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 07 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 00:10 ގައި، ނީލަމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

05 ޞަފަރު 1447

30 ޖުލައި 2025

30 ޖުލައި 2025