ކުއްޔަށް ހިފުން
ނަންބަރު: PRC-MPL/IUL/2025/104
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 10 އޮގަސްޓް 2025 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ސަރަހައްދުން މިކުންފުނީގެ ބޭނުމަށް، ގުދަނެއްގެ ގޮތުގައި ބޭނުންކުރެވޭނެ އިމާރާތެއް ކުއްޔަށްހިފުމަށް އަލުން ހުޅުވާލުން

1. ބީލަމާއި ބެހޭ މަޢުލޫމާތު: 

        މި ކުންފުނީގެ ބޭނުމަށް ގްރައުންޑް ފްލޯރއިން ގުދަނެއްގެ ގޮތުގައި ބޭނުންކުރާނެ ތަނެއް މާލެ ސަރަހައްދުން ކުއްޔަށް ހިފުމާ ގުޅޭގޮތުން ކޮށްފައިވާ އިޢުލާނު ނަމްބަރ (PRC-MPL/IUL/2025/86) އާއި ގުޅިގެން އެކަށީގެންވާވަރުގެ ތަރުހީބެއް ލިބިފައި ނުވާތީއާއި މަޢުލޫމާތު ކަރުދާސް (ޓާރމްސް އޮފް ރެފަރެންސް) އަށް ބަދަލުއައިސްފައިވާތީ މިދެންނެވި އިޢުލާން ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް "ބީލަމަށް އަގު ހުށަހަޅާ ފޯމް" އާއެކު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުން:

ތާރީޚް:

10 އޮގަސްޓް 2025

ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ.

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި:

14:00

2. ބީލަމާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:

  • ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 07 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009292 – ޕްރޮކިއުމަންޓް ޔުނިޓް
  • [email protected]

 

30 ޖުލައި 2025