ދިވެހިރާއްޖެ
ތ. އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ އައި.ޓީ އާއިގުޅޭ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، 14 އޮގަސްޓް 2025 ވާ ބްރާސްފަތި ދުވަހުގެ 13:00 އަށް މިއޮފީހަށް (ތ. އަތޮޅު ހޮސްޕިޓަލް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީވުން: 07 އޮގަސްޓް 2025 ވާ ބްރާސްފަތި ދުވަހުގެ 12:00 ގެ ކުރިން
ބިޑް ހުޅުވުން: 14 އޮގަސްޓް 2025 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި
ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލްކޮށް ދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 07 އޮގަސްޓް 2025 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށް ދެއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއެކު ބީލަން ފޮތް އެޓޭޗް ކުރެވިފައިވާނެއެވެ.