ދިވެހިރާއްޖެ
ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގެ އިސްނެގުމާއެކު މި ކޯޕަރޭޝަނުން ހުޅުމާލޭ ކޮންޓެއިނާ ޕާކު ސަރަހައްދުގައި ގާއިމުކޮށްފައިވާ "ހިޔަލަ މާކެޓު" ކިއޮސްކްތަކަށް ޝައުގުވެރިވާ ފަރާތްތައް ވެއިޓްލިސްޓް ކުރުމުގެ ފުރުސަތު ހުޅުވައިލަމެވެ. އެގޮތުން، ކިއޮސްކުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ، މިހާރު ކުއްޔަށް ދޫކުރެވިފައިވާ ކިއޮސްކުތައް ހުސްވާ ވަރަކުން، ވެއިޓްލިސްޓް ކުރެވޭ ތަރުތީބުން ކަމުގައި ދަންނަވަމެވެ.
ވެއިޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ޝަރުތުތައް:
- ދިވެހިރައްޔިތެއް ކަމުގައިވުން
- 18 އަހަރު ފުރިފައިވުން
- އަންހެން ވިޔަފާރިވެރިއެއް ކަމުގައިވުން
- ޤާނޫނު ނަންބަރު 2013/06 ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކުގެ ގިންތިކުރާ މިންގަނޑުތަކުގެ ތެރެއިން އެންމެ ކުދި (މައިކްރޯ) ވިޔަފާރިއެއް ރަޖިސްޓަރ ކޮށްފައިވާ ފަރާތެއް ކަމުގައިވުން
ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ފޯމު ފުރިހަމަ ކުރުމަށް އެދެމެވެ.
Hiyala Market: Vendor Waitlist Application Form
މިކަމާ ގުޅޭ އިތުރު މައުލޫމާތު 3305555 އަށް ގުޅުއްވައިގެން އަދި [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.