މުބާރާތް
ނަންބަރު: (IUL)322-M/322/2025/107
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 28 އޮގަސްޓް 2025 14:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ފުޓްސެލް މުބާރާތް 2025 އާއި ގުޅޭ

18 ސެޕްޓެމްބަރ 2025 ގައި ދެޖިންސަށް އަމާޒުކޮށްގެން ފުޓްސެލް މުބާރާތެއް ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ ރާވާފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި އިޢުލާނާއެކު، އެޓޭޗްކުރެވިފައިވާ ގޫގަލް ފޯމް ފުރުއްވައި، ނޯޓް ކުރެއްވުން އެދެމެވެ. އަދި ނޯޓް ކުރުން ކުރިއަށް ދާނީ 29 ޖުލައި 2025 ން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށެވެ.

            ޓީމް ލިސްޓް ހުށަހެޅުން އޮންނާނީ 17 އޮގަސްޓް 2025 ން 28 އޮގަސްޓް 2025 ގެ 14:00 ގެ ނިޔަލަށެވެ. މި އިޢުލާނާއެކު މުބާރާތުގެ ޤަވާޢިދު، އަދި ޓީމް ލިސްޓް ހުށައަޅާ ފޯމް އެޓޭޗްކުރެވިފައިވާނެއެވެ. ޓީމް ލިސްޓް ކައުންސިލްގެ މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މެއިލް މެދުވެރިކޮށް ފޮނުވާ ޓީމް ލިސްޓްތަށް ކައުންސިލަށް ލިބުނުކަން އެ ޓީމަކުން ކަށަވަރު ކުރަންވާނެއެވެ.

  

ޓީމް ރަޖިސްޓްރޭޝަން ފޯމް ލިންކް: https://forms.gle/u4fNzfswqLppVApm6

           ވީމާ، މިކަންއާއްމުކޮށް އިޢުލާންކުރަމެވެ.

29 ޖުލައި 2025