ދިވެހިރާއްޖެ
| އަންދާސީ ހިސާބު ބޭނުންވެއްޖެ: މި އޭޖެންސީގެ ދަށުން ކ. ހިންމަފުށީގައި ހިންގަމުންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ހަރުކޮށްފައިހުރި 16 އެއަރ ކޮންޑިޝަން ފުލް ސަރވިސް ކޮށްދިނުމުގެ މަސައްކަތް އަދި 6 އެއަރ ކޮންޑިޝަނަރ ސަޕްލައިކުރުމާއި، އިންސްޓޯލް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތައް 28 ޖުލައި 2025 ވާ ހޯމަ ދުވަހުން ފެށިގެން 06 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމްތައް (ޖަދުވަލު 1، ޖަދުވަލު 2) ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމްތައް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. | |||
| 
 | ތާރީޚް | ގަޑި | ތަން | 
| މަޢުލޫމާތު ދިނުމުގެ ސެޝަން | 02 އޯގަސްޓް 2025 (ހޮނިހިރު) | 11:00 (މެންދުރުކުރި) | ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ / ކ. ހިންމަފުށި | 
| އަންދާސީ ހިސާބު ހުށަހެޅުއްވުން | 07 އޯގަސްޓް 2025 ބުރާސްފަތި) | 09:00 (ހެނދުނު) | ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ) |