ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
ބައިނަލް އަޤްވާމީ ފުރާ ގިމަތައަށް ބަދަލުތަކެއް ގެނެސް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އައި.އެން.އައި.އޭ)ގެ ބައިނަލް އަޤްވާމީ ފުރާ ގިމަތައަށް ބަދަލުތަކެއް ގެނެސް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 1 އޮކްޓޫބަަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ސިޓީއަކުން, ފެކްސްްއަކުން ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުޤުވެރިވެ ލައްވާކަން ފާޅު ކުރެއްވުން އެދެމެވެ. މިގޮތަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތައް ރަޖިސްޓަރީ ކުރެވި، އިނގިރޭސި ބަހުން ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.
ރަޖިސްޓަރީ ވެފައިވާ ޕާޓީތަކުގެ ތެރެއިން އިތުރަށް ކުރިއަށް ވަޑައިގަންނަވަން ބޭނުންވާ ފަރާތްތައް ކޮންމެހެން ހާޒިރުވާންޖެހޭ ޕްރީބިޑް ބައްދަލުވުމަކާއި ސައިޓް ވިޒިިޓެއް 7 އޮކްޓޫބަަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:30ގައި މިކުންފުނީގެ އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި އޮންނާނެއެވެ.
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 19 އޮކްޓޫބަަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 19 އޮކްޓޫބަަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި ބިޑް އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337266/ 3337236/ 3337279، ފެކްސް 3331772، އީމެއިލް [email protected]، ވެބްސައިޓް www.macl.aero