ދިވެހިރާއްޖެ
އިޢުލާނު
ބ.އަތޮޅުގައި އާރ.ޓީ.އެލްގެ ފެރީގެ ޚިދުމަތްތައް ފެށުމާ ގުޅޭ
ރާއްޖެ ޓްރާންސްޕޯރޓް ލިންކް (RTL) ފެރީގެ ޚިދުމަތްތައް 28 ޖުލައި 2025 ވާ ހޯމަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ފެރީގެ ދަތުރުތައް ފަށާއިރު ފުރަތަމަ ހަފްތާގެ (28 ޖުލައި 2025 ން 3 އޯގަސްޓް 2025) ދަތުރުތަކަކީ ރައްޔިތުން އަހުލުވެރި ކުރުމަށް ކުރާ ދަތުރުތަކަކަށްވާތީ، މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެއްވެސް އަގަކާ ނުލައި ކަމުގައި ދަންނަވަމެވެ.
މިގޮތުން ފުރަތަމަ ހަފްތާތެރޭގައި ކުރަން ހަމަޖެހިފައިވާ ހިލޭ ދަތުރުތައް ކުރުމަށް ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.
1- ހިލޭ ދަތުރުތައް ކުރެވޭނީ، ނަން ނޯޓް ކުރަމުންދާ ތަރުތީބުންނެވެ.
2- ނަން ނޯޓް ކުރައްވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 9.00 ން މެންދުރު 13.00 އާ ދެމެދު މިއިދާރާގެ ނަންބަރ 6602500 ފޯނާއި ގުޅުއްވައިގެންނެވެ.
3- ފެރީ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ރޫޓް މެޕް/ ޝެޑިއުލް މިއިއުލާނާއެކު ހިއްސާކޮށްފައިވާނެއެވެ.
4- ފެރީ ދަތުރު ކުރުމަށް ހަމަޖެހިފައިވާ އެކި ރޫޓްތަކުން އޭދަފުއްޓަށް ޖާގަ ހަމަޖެހިފައިވަނީ އެކި މިންވަރަށެވެ.
5- ކޮންމެ ދަތުރަކަށްވެސް ހަމަޖެހިފައިވާ ޖާގަ ފުލްވުމުން، ދެން އެންމެ އަވަހަށް ނަން ނޯޓް ކުރައްވާ ދެ ފަރާތެއް ވެއިޓިންގ ލިސްޓްގައި ނޯޓް ކުރެވޭނެއެވެ.
6- ހިލޭ ދަތުރުކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ތެރެއިން ޖާގަ ފުލްވަންދެން ކޮންމެ ދުވަހަކަށްވެސް ނަން ނޯޓް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ކޮންމެ، ޕަސިންޖަރަކަށްވެސް ގެންދެވޭނީ 20 ކިލޯއަށްވުރެ ބަރު ނޫން 1 ލަގެޖެވެ. ލަގެޖްގެ ސައިޒް 2ft X 2ft އެވެ. 2ft އަށްވުރެ ބޮޑެތި ލަގެޖް އާރ.ޓީ.އެލްގައި ނުއުފުލޭނެއެވެ.
މިހެންވެ، މިކަން އާއްމުކޮށް އަންގާ އިއުލާނު ކުރީމެވެ.