މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2025/234
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 22:05
ސުންގަޑި: 06 އޮގަސްޓް 2025 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން 10 ރަށެއްގައި މައިގްރޭންޓް ހެލްތް ކޭމްޕްތަކެއް އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް

                              އިޢުލާން                              

 

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން 10 ރަށެއްގައި މައިގްރޭންޓް ހެލްތް ކޭމްޕްތަކެއް އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 06 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 10 އޯގަސްޓް 2025 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

                                                      29 މުޙައްރަމް 1447ހ.

 

 

 

24 ޖުލައި 2025