ދިވެހިރާއްޖެ
މި އިޢުލާންވަނީ 26 ޖުލައި 2025 14:29 ގައި ބާތިލް ކުރެވިފައެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން 2025 ޖުލައި 25، 26 އަދި 27 ގައި ގިނަ ހަރަކާތްތަކެއް ގްރޭޓަރ މާލެ ސަރަޙައްދުގައިބޭއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މި ހަރަކާތްތައް ކުލަގަދަގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް ތިރީގައި ދެންނެވިފައިވާ ފަދައިން މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ވަގުތެއްކަމުގައި ކަނޑައަޅައިފީމެވެ.
ދުވަސް |
ދުއްވުން މަނާ އުޅަނދު |
ދުއްވުން މަނާ ވަގުތު |
25 ޖުލައި 2025 |
ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު |
13:00 އިން 18:00 އަށް |
26 ޖުލައި 2025 |
ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު |
15:00 އިން 18:30 އަށް |
27 ޖުލައި 2025 |
ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު |
18:00 އިން 00:00 އަށް |
ވީމާ، މަތީގައި ބަޔާންކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދު މާލޭގެ މަގުތަކުގައި ކަނޑައަޅާފައިވާ ވަގުތުތަކުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
- އެމްބިއުލެންސް
- ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.