މުބާރާތް
ނަންބަރު: (IUL)226-E/226/2025/22
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 18 އޮގަސްޓް 2025 12:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ "ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025" އޯގަސްޓް މަހުގެ 24 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ނައިވާދޫ ވޮލީކޯޓުގައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށް، ހދ.އަތޮޅުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާތަކުގެ އަންހެން އަދި ފިރިހެން ވޮލީ ބޯޅަ ޓީމްތަކަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، 2025 އޯގަސްޓް 18 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މުބާރާތާބެހޭ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

މުބާރާތުގެ މަޢުލޫމާތު: https://haadhaal.gov.mv/Volleyball2025

މި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއި އެކު ޢާންމު ކުރެވިފައިވާނެއެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6521702 އަށެވެ.

24 ޖުލައި 2025