ވަޒީފާގެ ފުރުޞަތު
ނަންބަރު: B-5/NHC/IUL/2025/03
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 04 އޮގަސްޓް 2025 14:00
ތިލަދުންމަތީ ދެކުނބުރީ ނަައިވާދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓެންޓް ހެލްތް ކެއަރ އެޓެންޑެންޓް

ނަންބަރ: B-5/NHC/IUL/2025/03

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމު:

އެސިސްޓެންޓް ހެލްތް ކެއަރ އެޓެންޑެންޓް

މަޤާމުގެ ނަންބަރ:

J-407297

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމްގެ ރޭންކް:

އެސް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭތަން:

ނައިވާދޫ ސިއްޙީ މަރުކަޒު، ހދ. ނައިވާދޫ - އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ސާރވިސް ޔުނިޓް

މުސާރަ:

މަހަކު-/3100 ރ

ސަރވިސް އެލަވަންސް

މަހަކު -/ 1000 ރ

ސަޕޯޓިންގކޯ އެލަވަންސް

މަހަކު -/1200 ރ

އެހެނިހެން އެލަވަންސް:

1-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ހަމަޖެހިފައިވާ އުސޫލުން ރިސްކު އެލަވަންސް.

3-      ހަމަޖެހިފައިވާ އުސޫލުން މިނިމަމް ވޭޖް އެލަވަންސް.

4-      ހެލްތް ސާރވިސަސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ).

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  1. ބަލިމީހުންނަށް ނާރސިންކެއަރ ދިނުމުގައި ނަރުހުން ހަވާލުކުރާ މަސައްކަތްތައްކުރުމާއި،ވޯރޑް،އިމަޖެންސީ ރޫމް ފަދަ ތަންތަނުގައި އެޑްމިޓް ކުރެވޭ ބަލިމީހުންގެ ކަންކަމުގައި ނަރުހުންނަށް އެހީތެރިވުން
  1. ކްލިނިކް އޭރިޔާތަކާއި، އޮފީސް އިމާރާތާއި އެހެނިހެން އިމާރާތްތައް ސާފުކުރުމަށް ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި ކުނިކަހާ މޮޕްއަޅާ ސާފުކުރުމާއި އަދި ޑަސްބިންތައް ނެގުމާއި އެތަކެތި ސާފުކުރުން އަދި އަދި އެތަންތަނުގައި ހުންނަ ލައިޓް ތަކާއި އެހެނިހެން ތަކެތި ހުރީ ރަނގަޅަށްތޯބަލާ ޗެކުކޮށް ހަލާކުވެފައި ހުންނަތަކެއްޗާއި، ފަންކާތައްކަށް މައްސަލައެއް ދިމާވެފައިވާނަމަ އެކަން ސުޕަވައިޒަރަށް ރިޕޯޓްކުރުން
  2. ލޭބަރޫމް، ވޯޑު، ޑްރެސިންރޫމްފަދަ ތަންތަނުން ނައްތާލަންޖެހޭކުނި އިންސިނަރޭޓް ކުރުމާއި، އެހެނިހެން ތަންތަނުން ނަގާ ކުނިތައް، ކުނި އެއްކުރުމަށް ހަމަޖައްސާފައި އޮންނަ ސަރަހައްދަށް ޖަމާކުރުމާއި، ކުނިއަންދާ އިންސިނިރޭޓަރ ސާފުކުރުން
  3. ކްލިނިކަލް އޭރިޔާތަކާއި، އޮފީސްއިމާރާތާއި އެހެނިހެން އިމާރާތްތައް ސާފުކުރުމަށް ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި އެތަންތަނުގައި ހުންނަ ފަރުނީޗަރާއި، މެޝިނަރީފަދަ ތަކެއްޗާއި، ދޮރުތަކާއި ބިއްލޫރިތައް ފޮޅާ، ފޮހެ ސާފުކުރުން.
  4. ހެލްތުސެންޓަރގައި ހުންނަ އެނދުތަކުގެ ތަންމަތި އެޅުމާއި. ތަންމަތި ބަދަލުކުރުމާއި، އެދުތައް ޑިސްއިންފެކްޓް ކުރުން.
  5. ބަލިމީހުންނަށް ބޭނުންކުރާ އިކްއިޕްމެންޓްސްފަދަ ތަކެތި ދޮވެސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރައިލްކުރުން
  6. ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންކުރާ ތަކެއްޗާއި ތަނާއި ސިންކުތައް ދޮވެސާފުކުރުމާއި ކަބަޑުތަކުގެ މައްޗާއި އެތެރެ ލެބްޓެކްނީޝަނުންގެ ލަފާގެ މަތިން ސާފުކުރުން
  7. ޞިއްޙީމަރުކަޒުގެ އެކި ތަންތަނުން ހަޑިވާ ފޮތި، ބެޑްޝީޓް، ބާލީސް އުރަ ، ބާލީސް، ތުވާލި، ދޮރުފޮތި ، ރަބަރު، ބެޑްސްކްރީން ފަދަ އެންމެހާ ތަކެތި ދޮވެ އިސްތިރިކުރުމަށް ލޯންޑްރީއަށް ގެންދިއުމާއި އެތަކެތި ދޮވެ އިސްތިރިކޮށް އެ އެއްޗެއް ހުންނަންވާ ތަނަކަށް ގެންދިއުމާއި، ތަކެތިބެހެއްޓުމަށް ކަނޑައަޅާފައިހުންނަ ތަންތަނުގައި ތަރުތީބުން ބެހެއްޓުން
  8. ޞިއްޙީމަރުކަޒުގެ އެކި ސެކްޝަންތަކަށް ބޭނުންވާ އެކި ވައްތަރުގެ ފޮއްޗާއި ގައުން، ސްކްރަބް ފަދަ ތަކެތި ފެހުން
  9. ޞިއްޙީމަރުކަޒުގައި ދޮވުމަށް ބޭނުންކުރާ ލޯންޑްރީއާއި މެސިން ސާފްކޮށް ބެލެހެއްޓުމާއި ،މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތަށް އެކަން އެންގުން
  10. ދޮވެއިސްތިރި ކުރުމަށް ބޭނުންކުރާ ތަކެތި ހަފްތާގައި ކަޑައެޅިފައިވާ ދުވަހު ސްޓޮކުން ނެގުމާއި ބޭނުންކުރުމުގައި ވީވަރަކުން އިގްތިޞާދު ކުރުން
  11. ވާރޑްތަކާއި ކްލިނިކަލް އޭރިއާތަކާއި އެހެނިހެންތަންތަނުގައި ހުންނަ ފާޚާނާތަށް ކަނޑައެޅިފައިވާ އުސޫލުގެމަތިން ދޮވެސާފް ކުރުމާއި، އެތަންތަނުގައި ހުންނަ ލައިޓް ތަކާއި އެހެނިހެން ތަކެތި ހުރީ ރަނގަޅަށްތޯބަލާ ޗެކުކޮށް ހަލާކުވެފައި އެއްޗެއް ހުރިނަމައެކަން ސުޕަވައިޒަރަށް ރިޕޯޓްކުރުން
  12. ޞިއްޙީމަރުކަޒުގެ އެތެރޭގައި ހުންނަ ޕޭޝަންޓް ފާޚާނާ އާއި މުވައްޒަފުންގެ ފާޚާނާ ތަކަށް ސައިބޯނި ފުޅި ހުސްވުމުން ސައިބޯނި ފުޅި ލުމާއި، ޓިޝޫ ހުސްވެފައި ހުރިނަމަ ޓީޝޫބެހެއްޓުން އަދި ޞިއްޙީމަރުކަޒުގެ އެކި އޭރިޔާ ތަކުގައި ސްޓެރީލިއަމް ފުޅި ހަރުކޮށްފައި ހުންނަ ތަންތަނުގައި ސްޓެރީލިއަމް ފުޅިހުސްވެފަހުރިތޯ ބަލާ ޗެކުކޮށް ، ހުސްވުމުން ހުސްވެފައި ހުރި ތަންތަނަށް އާ ސްޓެރީލިއަމް ފުޅިބަދަލުކުރުކުރުވުން.
  13. ތަކެތި އުފުލުމާއި ބަދަރަށް ގެންދަންޖެހޭ ތަކެއްޗާއި ބަދަރުން އަދި ފިހާރަތަކުން ގަންނަ ތަކެތި ގެނައުމާއި ތަންތަނަށް ގެންދަންޖެހޭތަކެތި ގެންދިއުން
  14. ޞިއްޙީމަރުކަޒުގައި ހުންނަ ގުދަންތަކާއި، ޞިއްޙީމަރުކަޒުގެ ބޭނުމަށް ކުއްޔަށްހިފާފައިވާ ގުދަންތައް ސްޓޯކީޕަރުންގެ އިރުޝާދުގެދަށުން ކުނިކަހާ، މޮޕްކުރުމާއި ހަރުތައް ސާފުކުރުން
  15. ޞިއްޙީމަރުކަޒުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ، ދައުވަތުތައް އެފަރާތްތަކަށް ރައްދުކުރުމާއި، މުވައްޒަފުންނަށް ބައްދަލުވުންތަކަށް ކިޔުމުގައި އިދާރީ މުވައްޒަފުންނަށް އެހީތެރިވުން
  16. ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި ޞިއްޙީމަރުކަޒުގެ ވަށައިގެންވާ މަގުތައް ވިނަނޮޅާ ކުނިކަހާ ސާފުކުރުމާއި މަރުކަޒުގައި ގަސް އިންދުން.
  17. ޞިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން
  18. ޞިއްޙީމަރުކަޒުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި، އެންމެން ގުޅިގެންކުރާ މަސައްކަތްތައް ކުރުމާއި އެހެންމީހުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން

 

މަޤާމުގެ ޝަރުތުތައް:

  1. ލިޔަން ކިޔަން އެގުން:

ނޯޓް:

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:

ސްކްރީނިންގ މަރުޙަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަކުން ބަލައިގެންނެވެ.

ނުވަތަ

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދަޢުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތަށް:

  • ކްލީނިންގް އެންޑް ލޯންޑްރީ
  • ފޮޅާ ސާފުކުރުން
  • ޕޭޝަންޓް ކެއަރ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭފޯމް (މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިމަރުކަޒުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން  ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވިސް ކޮލިފިކޭޝަން އޮތީރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

1. މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރަވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https//myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ. އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޯކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މަސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޛަދުވަލް 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއްހޮވުމަށް ބެލެވޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 އޯގަސްޓް 2025ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ނައިވާދޫ ސިއްޙީ މަރުކަޒުގެ އޮފީހަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަނޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާ އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ  ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއާއި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 07 އޯގަސްޓް 2025 އާއި 20 އޯގަސްޓް 2025 އާއި ދެމެދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހުގައެވެ. އިންޓަވިއު ބާއްވާ ތަން ބަދަލުވާނަމަ އެކަން ކެޑިޑޭޓުންނަށް އެންގޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް  (A2 ޝީޓް)" އާންމޮކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 6520685 ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

29 މުޙައްރަމް 1447

24 ޖުލައި 2025

24 ޖުލައި 2025