މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/263
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 01 އޮކްޓޫބަރު 2015 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އއ. މާޅޮހު ޞިއްހީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އއ.މާޅޮހު ޞިއްޙީ މަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު IUL) 23-AP/1/2015/236)ފ(27 ސެޕްޓެންބަރު 2015) އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ތާރީޚު ކަމަށްވާ 27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އއ.މާޅޮހު ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 1 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އއ.މާޅޮސް ހެލްތު ސެންޓަރު ނުވަތަ އއ.ރަސްދޫ އަތޮޅު ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް އއ.މާޅޮހު ހެލްތު ސެންޓަރު ނުވަތަ އއ.ރަސްދޫ އަތޮޅު ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

03 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015