ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)388-PRO/388/2025/103
                    ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2025
                    ޕަބްލިޝްކުރި ގަޑި:  12:57
                    
                ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 196 ވަނަ ޖަލްސާގެ ނިންމުން
                                | ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް | |||
| ބައްދަލުވުމުގެ ނަންބަރު: | 4 ވަނަ ދައުރުގެ 196 | ބައްދަލުވުމުގެ ބާވަތް: | އާއްމު ބައްދަލުވުން | 
| ބައްދަލުވުން ބޭއްވި ތާރީޙް: | 17 ޖުލައި 2025 | ބައްދަލުވުން ބޭއްވި ގަޑި: | 10:00 | 
ނިންމުންތައް
- ޖުލައިމަހު ރައްޔިތުންނައް އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުން 30 ޖުލައި 2025 ވަނަ ދުވަހު 13:00 ގައި ޤުރުއާންކުލާހުގައި ބޭއްވުމަށާއި މިބައްދަލުވުމުގައި ކުރިޔައޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް އަދި ބިނާވެށި ޕްލޭން އިސްލާޙްކުރުމަށް ހިޔާލުހޯދުމަށް މަޝްވަރާކުރުމަށް ނިންމުނު.
- ކެފޭ ހެދުމަށް ބިން ހޯދުމަށްއެދި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައިގައި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތައް ބިޑް އުސޫލުން މިފަދަ މަސައްކަތްތަކަށް ބިންދޫކުރުމުގެ މަސައްކަތް ކުރިޔައްދާކަން އެންގުމަށް ނިންމުނު.
- ކައުންސިލުން ފޯރުކޮށްދޭ ޙިދުމަތްތަކަށް ނެގުމަށް ކަނޑައެޅިފައިވާ ފީތަކުގެ ލިސްޓް އިސްލާޙްކޮށް ފާސްކުރެވުނު.
- މިސްކިތު މަސައްކަތު ދާއިމީ ވަޒީފާއަށް މުވައްޒަފަކު ނެގުމަށް ނިންމުނު.
- 4 ނަންބަރު ގޯއްޗާއިގުޅިގެން ރިފްއަތު މުޙައްމަދު ހުށަހަޅާފައިވާ މައްސަލައިގައި ބިމުގައި ކުރުމަށް އެދޭ މަސައްކަތް ސާފުކުރުމަށް އެފަރާތައް ސިޓީ ފޮނުވުމަށް ނިންމުނު.
- މަގުލަސް އަދި ސައިލާބު ގޯތި ދޫކުރެވިފައިވާ ގޮތް ކޮށީގެ އިރުން ހުޅަނގަށް ވާގޮތައް ބަދަލުކުރުމުގެ މަސައްކަތް ކައުންސިލުން ކުރިޔައްގެންދާކަމަށާއި ގޯތީގެ ވަށައިގެންވާ މަގު ސާފުކރުމަށް އެންގުމަށް ނިންމުނު.
- ދަނޑުބިން ހޯދުމަށް 2 ފަރާތަކުން ހުށަހަޅާފައިވާ މައްސަލާގައި ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާގޮތައް ބިޑް އުސޫލުން ބިންދޫކުރުމުގެ ކަންކަން ކުރިޔައްދާކަމަށް ހުށަހަޅާފައިވާ ފަރާތްތަކަށް އެންގުމަށް ނިންމުނު.
- ކައުންސިލްގެ ރައީސް އެދިލައްވާފައިވާ ގޮތުގެމަތީން އަހަރީ ޗުއްޓީގެ 10 ދުވަސް ހަމަޖެއްސުމަށް ނިންމުނު.
                17 ޖުލައި 2025