| ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ | 
| މަޤާމު | ލީގަލް އެސިސްޓެންޓް | 
| މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން | ސީއެސް 4-7 / ލީގަލް އެސޯޝިއޭޓް ޕްރޮފެޝަނަލްސް | 
| ބޭނުންވާ އަދަދު | 01 | 
| ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން | ލީގަލް ޔުނިޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ | 
| މުސާރައާއި އިނާޔަތްތައް | މުސާރަ: -/9220ރ ސަރވިސް އެލަވަންސް: -/2400ރ ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.) | 
| ޝަރުޠު | 
ޤާނޫނީ ގޮތުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛ލީގަލް ދާއިރާގެ އޮނިގަނޑުގެ، ސީ.އެސް 3-7 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން. | 
| މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް | 
މިމިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީއަށާއި މިނިސްޓްރީގެ އެހެން ސެކްޝަންތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުންއެޓާރނީ ޖެނަރަލް އޮފީހަށް ފޮނުވަންޖެހޭ މައްސަލަތައް ފޮނުވުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.އޮފީހުގެ މުވައްޒަފުން ކުރާ ސިވިލްސާރވިސް ޤާނޫނާ ޚިލާފު ކަންކަން ބަލައި އެމައްސަލަތައް ތަހުޤީގަށް ބޭނުންވާ ލިއުން ތައްޔާރުކުރުން.ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.އޮފީހުގެ ކަންކަމާ ގުޅިގެން މުވައްޒަފުން ހުށަހަޅާ މައްސަލަތައް ބަލާ އެމައްސަލަތައް ޙައްލުކުރުމަށް ދޭންޖެހޭ ލަފާ ދިނުން.މިނިސްޓްރީން ހިންގާ އެކިއެކި ޕްރޮޖެކްޓްއާ ބެހޭ ޤާނޫނުތަކާއި ގަވާއިދުތައް މުރާޖާކުރުން.އޮފީހުން ހަދާ އެކި އެކި ކޮންޓްރެކްޓްތައް ހަދާއިރު ގާނޫނީ ގޮތުން ލަފާދިނުމާއި ކޮންޓްރެކްޓަރ ހެދިފައވާ އެގްރިމެންޓްތަކާއި ޚިލާފުވާނަމަ އެކަމުގައި ދޭންޖެހޭ ޤާނޫނީ ލަފާދިނުން.މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތައް ހިންގުމުގައި ޤާނޫނާއި ގަވާއިދު ހިފެހެއްޓުމަށްޓަކައި ހަދަންޖެހޭ ގައިޑްލައިންތަކާއި ހިފަހަށްޓަންޖެހޭ މިންގަނޑުތައް އެކުލަވާލުން.މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުއާމަލާތްކުރުމާއި ބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތުކުރެވޭ ބިންތަކާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ދޭންޖެހޭ އެންމެހައި ހުއްދަތައް ދިނުމުގެ މަސައްކަތްކޮށް ބެލެހެއްޓުން.މިނިސްޓްރީތަކާއި ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތުކުރެވޭ ބިންތަކާ ގުޅިގެން މިނިސްޓްރީ އަށް ހުށަހަޅާ އެކިއެކި ޝަކުވާތަށް ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުމާއި، ޖަވާބުދޭންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން.މިނިސްޓްރީތަކާއި ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތުކުރެވޭ އެކި ބިންތައް ރަޙުނު ކުރުމާއި ގުޅޭގޮތުން ދަފްތަރެއް އެކުލަވާލުމުގައި ދޭންޖެހޭ ޤާނޫނީ އެހީތެރިކަން ދިނުން.މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތުކުރެވޭ އެކި ބިންތަކާ ގުޅިގެން ދުވަހުން ދުވަހަށް އެކުލަވާލާންޖެހޭ އުސޫލްތައް އިސްވެރިންގެ މަޝްވަރާއާއި އެއްގޮތަށް އެކުލަވާލާ ތަންފީޒުކުރުން.އަދި މިނޫނަސް އޮފީހުން ހަވާލުކުރާ ސަރުކާރުގެ ރަސްމީ އެންމެހާ މަސައްކަތްތައް ކުރުން. | 
| އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:  
ތަޢުލީމާއި ތަމްރީން.މަސައްކަތުގެ ތަޖުރިބާ.އިންޓަރވިއު.ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.މުޢާމަލާތުކުރުމުގެ ހުނަރު. | 
| ތަކެތި ހުށަހަޅަންޖެހޭ ތާރީޚު 
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 06 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން. | 
| އިންޓަވިއު ކުރުން 
މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 އޮކްޓޫބަރު - ނޮވެންބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. | 
| ހުށަހަޅަންޖެހޭ ތަކެތި:  
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. | 
| 14 ޛުލްޙިއްޖާ 1436 |