ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)243-S01/INDIV/2015/35
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:39
ސުންގަޑި: 04 އޮކްޓޫބަރު 2015 00:00
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި އަޅާފައިފައިވާ ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކާބެހޭ

ފުވައްމުލަކު ބަނދަރުގައި މަހަށް ނުފުރާ އަދި ދަތުރުފަތުރު ނުކޮށް ގިނަދުވަސްވެފައިވާ އުޅަނދުތަކުގެ ސަބަބުން، ބަނދަރުތެރޭގެ ސާފުތާހިރުކަން ގެއްލުމާއި، ބަނދަރު ބޭނުންކުރައްވާ ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުންދާކަމުގެ ޝަކުވާ، ތަކުރާރުކޮށް މި އިދާރާއަށް ދަނީ ހުށަހަޅަމުންނެވެ.

ވީމާ، ބަނދަރުގައި އަޅާފައިވާ، ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކާއި، ބަނދަރުތެރެއަށް ފެތިފައިވާ އުޅަނދުތައް ނަގައި، ބަނދަރު ސާފުކުރުމުގެ ޕްރޮގުރާމެއް ހިންގުމަށް މި ކައުންސިލުން މަސައްކަތްކުރާ ވާހަކަ ދެންނެވީމެވެ. އެހެންކަމުން، 4 އޮކްޓޫބަރު 2015 ގެ ކުރިން ބަނދަރުގައި އަޅާފައިވާ، ބޭނުންނުކޮށް ގިނަދުވަސްވެފައިވާ އުޅަނދުތަކާއި، ބަނދަރުތެރެއަށް ފެތިފައިވާ އުޅަނދުތަކުގެ ވެރިފަރާތުން މި އުޅަނދުތައް ބަނދަރުން ނެގުމަށް އަންގަމެވެ.

4 އޮކްޓޫބަރު 2015 ގެ ފަހުން މި އިދާރާއިން ބަނދަރު ސާފުކުރާއިރު، މިފަދަ އުޅަނދުތައް ބަނދަރުތެރެއިން ނެގުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ވާހަކަ ދެންނެވީމެވެ. މިފަދަ އުޅަނދުތައް މި އިދާރާއިން ނެގުމުގައި އުޅަނދުތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަ ދެންނެވީމެވެ.

04 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015