ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/472/2024/80
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 19 އޮގަސްޓް 2025 00:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އަސްކަރީ ތަމްރީނުތަކަށް ވައިގެ ސަރަހައްދު ބޭނުންކުރުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް )އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 އޮގަސްޓް 11 އިން 17 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށް، ކ.ހުޅުމާލޭގެ އިރުމަތީ ފަރާތުން 7 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

1- 1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް : މެޝިން ގަން
2- 2. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 5000 މީޓަރު
3- 3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރ
4- 4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ-ލެވެލް
5- 5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ކ. ހުޅުމާލެ އިރުމަތީ ފަރާތުން 7 ނޯޓިކަލް މޭލު ބޭރުގައި
6-
ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.

23 ޖުލައި 2025