ދިވެހިރާއްޖެ
ލާމަސީލުލާމު އަތޮޅު ފުޓްބޯޅަ މުބާރާތް 2025 އޮގަސްޓް 1 ން 11 އަށް ލ.ގަމު ޒޯން ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މެޗްތައް ކުޅޭ ދުވަސްތަކުގައި ސްޓޭޑިއަމް ސަރަހައްދުގައި ގާޑީޔާ ބެހެއްޓުމުގެ ފުރުސަތު ހުޅުވާލަމެވެ. ގާޑިޔާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށަހަޅާ 2 ފަރާތަކަށެވެ. ގާޑިޔާ ބެހެއްޓުމުގެ ހުއްދަދެވޭ 2 ފަރާތުގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް މުބާރާތް ކުރިޔަށްދާ މުއްދަތުގައި ގަމު ޒޯން ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ހުއްދަ ނުދެވޭނެ ކަމުގައިވެސް ދެންނެވީމެވެ.
ވީމާ، ގާޑީޔާ ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖުލައި 29 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަތޮޅު ކައުންސިލަށް ވަޑައިގެން އަގު ބަޔާންކުރާ ސިޓީ އަދި ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ނުވަތަ އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު ގާޑިޔާ ދޫކުރުމާބެހޭ އުސޫލް ޢާންމު ކުރީމެވެ.