ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)221-AF/221/2015/67
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:37
ސުންގަޑި: 08 އޮކްޓޫބަރު 2015 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޕާޓިޝަން ހޯދުމާބެހޭ

މި އޮތޯރިޓީ ހިންގަމުންގެންދާ އޮފީހަށް ބޭނުންވާ ޕާޓިޝަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ އިޢުލާނު ނަންބަރު IUL)221-AF/221/2015/66) އާ ގުޅިގެން އަންދާސީހިސާބު ހުށަހާޅާފައިނުވާތީ، ކުރިން ކުރެވުނު އިޢުލާނު ބާޠިލުކޮށް އަލުން ކުރަމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 8 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް (ކުރީގެ އެޓޮލް ޕޯސްޓް ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

02 ޛުލްޙިއްޖާ 1436  

16 ސެޕްޓެންބަރު 2015