ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2025/155
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:22
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތިނަދޫ ސިޓީއަށް ރަށުން ބޭރުން ގެންނަ ކުންޏާ ގުޅޭ
އިޢުލާން
ތިނަދޫ ސިޓީއަށް ރަށުން ބޭރުން ގެންނަ ކުންޏާ ގުޅޭ
ތިނަދޫ ސިޓީއަށް ރިސޯޓްތަކުންނާއި، ސަފާރީ އުޅަނދުފަހަރުން އަދި އެހެނިހެން އުޅަނދުފަހަރުން ރަށުން ބޭރުން ކުނި ގެންނަ މިންވަރު އިތުރުވަމުންދާކަންވަނީ ފާހަގަކުރެވިފައެވެ. ތިނަދޫ ސިޓީއަށް ދިމާވެފައިވާ ކުނި މެނޭޖް ކުރުމުގެ ދަތިތަކާގުޅިގެން ރަށުން ބޭރުން އެއްވެސް ބާވަތެއްގެ ކުންޏެއް ރަށަށް އެރުވުމަކީ މަނާކަމެކެވެ. އަދި، މިކަމަށް ޙައްލެއް ހޯދުމަށްޓަކައި ކައުންސިލާއި ވެމްކޯއާ ދެމެދު މަޝްވަރާތައް ކޮށް ކުނިކޮށީގެ ވަޞީލަތްތައް އިތުރަށް ފުރިހަމަ ކުރުމަށްފަހު މިފަދަ ޚިދުމަތްތައް ކުރިއަށް އޮތްތާނގައި ދެވޭނެއެވެ. ވީމާ، މިކަމަށް އެންމެހައި ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
27 މުޙައްރަމް 1447
22 ޖުލައި 2025