ޢާންމު މަޢުލޫމާތު
ނަންބަރު: WDC(4)/IUL/2025/03
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 29 ޖުލައި 2025 12:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގަން ރޭވިފައިވާ "ފަހެލި ބޫޓް ކޭމްޕް 2025" (3 ވަނަ ޕްރޮގްރާމް) ހުޅުމީދޫ ބައިވެރިން ހޯދުމަށް

އިޢުލާން

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގަން ރޭވިފައިވާ "ފަހެލި ބޫޓް ކޭމްޕް 2025" (3 ވަނަ ޕްރޮގްރާމް) ހުޅުމީދޫ ބައިވެރިން ހޯދުމަށް        

        އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އައްޑޫ ސިޓީ ހުޅުމީދޫގައި "ފަހެލި ބޫޓް ކޭމްޕް 2025" ގެ ނަމުގައި ބޫޓް ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބޫޓް ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން 1 ކްލާހެއްގެ ގޮތުގައެވެ. އަދި މިކޭމްޕް ބޭއްވިގެންދާނީ 09 އޮގަސްޓް 2025 ން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަކަށެވެ. ޕްރޮގްރާމްގައި ބައިވެރިކުރުމަށް ބޮޑަށް އިސްކަންދިނުމަށް ހަމަޖެހިފައިވަނީ މިފަދަ ޕްރޮގްރާމެއްގައި ކުރިން ބައިވެރިވެފައިނުވާ ފަރާތްތަކަށެވެ.

        ވީމާ "ފަހެލި ބޫޓް ކޭމްޕް 2025" ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖުލައި 2025 ން 29 ޖުލައި ގެ ނިޔަލަށް ބަންދު ނޫން، ކޮންމެ ދުވަހަކު ހެނދުނު 9:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، ބޫޓް ކޭމްޕްގައި ބައިވެރިވުމަށް، ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރު 9336787 އަށް ގުޅުއްވުން އެދެމެވެ.  

27 މުޙައްރަމް 1447

22 ޖުލައި 2025

 

22 ޖުލައި 2025