އދ.ދިއްދޫއިން ބަންޑާރަގޯތި ދޫކުރުމަށް ވިލަރެސްކޮމެޓީއެއް އެކުލަވާލަން ބޭނުންވެއްޖެ:
މިކައުންސިލުން، ބަންޑާރަގޯތި ދޫކުރުމަށް ވިލަރެސްކޮމެޓީއެއް އެކުލަވާލަންބޭނުންވެއެވެ. އަދި މިކޮމެޓީގައި ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 2 ފަރާތެއް ހިމެނުމަށް މިކައުންސިލުން ނިންމާފައިވާތި ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މިކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ދުރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރައްވަން ވަޑައިގަންނަވާއިރު 'ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް' ގެންނެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6680057އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ނޯޓު:(ރައްޔިތުންގެ ތެރެއިން 02 ފަރާތައްވުރެން އިތުރަށް ކުރިމަތިލައިފިނަމަ، 02 ފަރާތެއް ހޮވާނީ ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.)
|