ދިވެހިރާއްޖެ
އިޢުލާނު
އދ.ދިއްދޫއިން ބަންޑާރަގޯތި ދޫކުރުންމަށް ކޮށްފައިވާ އިޢުލާނު ބާތިލުކުރުން.
މިކައުންސިލުން އދ.ދިއްދޫއިން ބަންޑާރަގޯތިދޫކުރުމަށް ހަދާފައިވާ އުސޫލުގައި މައްސަލަތަކެއް ހުރުމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާރއިން ލަފާދެއްވާފައިވަނީ މިހާރު ހަދާފައިވާ އުސޫލު ބާތިލްކޮށް އުސޫލުގައި ރަނގަޅުކުރަންޖެހޭ ކަންކަން ހިމަނައި އައު އުސޫލެއް އެކުލަވާލައި މިނިސްޓްރީގެ އެޕްރޫވަލްއަށް ފޮނުވުމަށެވެ. އެހެންކަމުން މިކައުންސިލުން 29 ޖުލައި 2025 ގައި ކޮށްފައިވާ އިޢުލާން ނަންބަރު: (IUL)354/354/2024/21 "އދ.ދިއްދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން" މިއިޢުލާނު އަދި އިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ ފޮމުތަށް ބާތިލުކުރެވިފައިވާ ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މިކަމުގެސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މިކައުންސިލްގެފަރާތުން ނިހާޔަތަށް މާފަށްއެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
22 ޖުލައި 2025
27 މުޙައްރަމް 1447