ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)271-CA/271/2025/30
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 09:27
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލް ކުރުން

އިޢުލާން

ރައްޔިތުންނާއި ބައްދަލް ކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު 7/2010 ގެ 110 ވަނަ މާއްދާއިން ކައުންސިލަށް ލާޒިމްކުރާ ބައްދަލުވުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހު 21:00 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.

ވީމާ މިބައްދަލުވުމުގައި ބައިވެރިވެލެއްވުންއެދި މިރަށުގެ އެންމެހާއި ރައްޔިތުންނައް ދަޢުވަތު އަރުވަމެވެ.

ބައްދަލުވުމުގެ އެޖެންޓާ

  • 2026 ވަނަ އަހަރުގެ ލަފާކުރާ މަސައްކަތު ތާވަލް ހިއްސާކުރުން.
  • 2026 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓް ހިއްސާކުރުން.
  • 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލް ހިނގާފައިވާ ގޮތުގެ ރިޕޯޓް ހިއްސާކުރުން.
  • މައުލޫމާތާއި ގުޅޭ ސުވާލާއި ޖަވާބު މަޝްވަރާކުރުން.
22 ޖުލައި 2025