މަޤާމު
|
މަސައްކަތު
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
|
ރޭންކް: SS1
|
މުސާރަ
|
މަހަކު -/3100 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1000 ރުފިޔާ
|
ރިސްކް އެލަވަންސް:
|
ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ
|
ޑިވިޝަން/ ސެކްޝަން
|
-
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ނ. މަގޫދޫ ޞިއްޙީމަރުކަޒު
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މަރުކަޒުގެ ބޭނުންތަކުގައި އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު، ޕާރސަލް ފަދަ ތަކެތި އަމާނާތްތެރިކަމާއެކު، އޮފީހުން އަންގަވާ ތަންތަނަށް ގެންގޮސް ހަވާލުކުރުން.
- މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން
- މަރުކަޒުގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސް ހައްދައި، ގަސްތަކަށް ފެންދީ ގަސްކޮށައި ބެލެހެއްޓުމާއި، މަރުކަޒުގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތް ކުރުން
- އިދާރީ މުވައްޒަފުން މަސައްކަތްކުރާ ބައިގެ ޑަސްބިންތައް ބަލައި، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލުން
- މަރުކަޒުގެ ތެރޭގައި ހުންނަ ބޮކިތަކާއި ފަންކާ ހޮޅިބުރި ގަޑި ފަދަ ތަކެތި ބަލައި، އެއްވެސް މައްސަލައެއް ދިމާވެފައިވާނަމަ ހައްލުކުރުން. މިގޮތުން ހައްލު ނުކުރެވޭ ފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމެއް އިދާރީ މުވައްޒަފަކަށް ރިޕޯޓު ކުރުން
- މަރުކަޒުގައި ހިފާގެންގުޅޭ ތަކެތި ( ތަފާތު މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ސާމާނު ) ސާފުކޮށް ބެލެހެއްޓުން
- މަރުކަޒަށް ގެނެވޭ ނުވަތަ މަރުކަޒުގެ ބޭނުންތަކަށް ހޯދާ މުދާ ފަދަ ތަކެތި ގެނައުމާއި ގުދަންކުރުން.
- ޞިއްޙީ މަރުކަޒުން އިންތިޒާމު ކުރާ ބައްދަލުވުންތަކާއި، އެކިއެކި ދުވަސްތަކާއި މުނާސަބަތުތައް ފާހަގަ ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން
- ހެނދުނު 6:00 ގައި ދިދަ ނެގުމާއި އިރުއޮއްސި 6:00 ގައި ދިދަ ތިރިކުރުން
- މީގެ އިތުރުންވެސް ރަސްމީ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ނ. މަގޫދޫ ޞިއްޙީމަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފުކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން
ނ. މަގޫދޫ ޞިއްޙީމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 އޮކްޓޫބަރުމަހު ނ. މަގޫދޫ ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި ނ. މަގޫދޫ ޞިއްޙީމަރުކަޒުން 7836044 ނަންބަރު ފޯނާއެވެ. އަދި ނ. އަތޮޅުހޮސްޕިޓަލުން 6560037 ނަންބަރު ފޯނާއެވެ.
|