ކުއްޔަށް ހިފުން
ނަންބަރު: (IUL)23-PD(PMS)/23/2025/228
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 17:29
ސުންގަޑި: 30 ޖުލައި 2025 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވ. އަތޮޅު ޞިއްޙީ ޙިދުމަތްދޭ މަރުކަޒުތަކުގައި (ވ.ކެޔޮދޫ، ވ.ފުލިދޫ، ވ.ތިނަދޫ އަދި ވ.ރަކީދޫ) ތިއްބަވާ ޑޮކްޓަރުންނާއި ނަރުހުންގެ އެކަމަޑޭޝަން ހޯދުމަށް

އިޢުލާން                

 

ވ. އަތޮޅު ޞިއްޙީ ޙިދުމަތްދޭ މަރުކަޒުތަކުގައި (ވ.ކެޔޮދޫ، ވ.ފުލިދޫ، ވ.ތިނަދޫ އަދި ވ.ރަކީދޫ) ތިއްބަވާ ޑޮކްޓަރުންނާއި ނަރުހުންގެ އެކަމަޑޭޝަން ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 21 ޖުލައި 2025 ވާ ހޯމަ ދުވަހުން ފެށިގެން 30 ޖުލައި  2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 5 އޮގަސްޓް  2025 ވާ އަންގާރ ދުވަހުގެ މެންދުރު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ނުވަތަ (ވ.ކެޔޮދޫ، ވ.ރަކީދޫ، ވ. ފުލިދޫ ހެލްތް ސެންޓަރ) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                                                                                              26 މުޙައްރަމު 1447ހ.     

21 ޖުލައި 2025