މަޤާމު:
|
މެނޭޖަރ / ސީނިއަރ މެނޭޖަރ، ސްޓްރެޓީޖިކް ސަރވިސަސް
|
ޑިޕާޓްމަންޓް:
|
ސްޓްރެޓީޖިކް ސަރވިސަސް
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ
|
އަސާސީ މުސާރަ:
|
މެނޭޖަރ: 8،500.00 ރުފިޔާ އާއި 9،000.00 ރުފިޔާއާ ދެމެދު
ސީނިއަރ މެނޭޖަރ: 9،250.00 ރުފިޔާ އާއި 10،500.00 ރުފިޔާއާ ދެމެދު
|
ސަރވިސް އެލަވަންސް:
|
މެނޭޖަރ: 170.00 ރުފިޔާ އާއި 200.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
ސީނިއަރ މެނޭޖަރ: 230.00 ރުފިޔާ އާއި 280.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
|
ޙާޒިރީ އެލަވަންސް:
|
މެނޭޖަރ: 250.00 ރުފިޔާ އާއި 300.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
ސީނިއަރ މެނޭޖަރ: 320.00 ރުފިޔާ އާއި 370.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
|
އެހެނިހެން އިނާޔަތްތައް:
|
މީގެއިތުރުން، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އިންސްޓިޓިއުޓްގެ ސްޓްރެޓީޖިކް ޑިޕާޓްމަންޓްގެ އެންމެހައި ކަންތައްތައް ރާވައި ވިލަރެސް ކުރުން.
- އިންސްޓިޓިއުޓްގެ ދިގުމުއްދަތުގެ ސްޓްރެޓެޖިކް ތަސައްވަރު އަދި މަޤްސަދުތައް ތަންފީޒް ކުރުމަށް މަސައްކަތްކުރުން.
- ޕްރެޒިޑެންޓް އަދި ވައިސް ޕްރެޒިޑެންޓް އެކި ފޯރަމްތަކާއި އިވެންޓްތަކުގައި ނުވަތަ މުނާސަބަތުތަކާ ގުޅިގެން ދެއްވާ ތަޤްރީރުތަކާއި ޑޮކިއުމަންޓްތަކަށް ބޭނުންވާ މައުލޫމާތު އެއްކޮށް، އެފަދަ ލިޔުންތައް ތައްޔާރުކުރުން.
- އިންސްޓިޓިއުޓްގެ ކައުންސިލްގެ އިދާރީ ކަންކަން ބެލެހެއްޓުން.
- އިންސްޓިޓިއުޓްގެ ކައުންސިލަށް ބޭނުންވާ ޑޮކިއުމަންޓްތަކަށް ބޭނުންވާ މައުލޫމާތު އެއްކޮށް، އެފަދަ ލިޔުންތައް ތައްޔާރުކުރުން.
- އިންސްޓިޓިއުޓްގެ ކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ޤަވާއިދުން ނިންމައި މެންބަރުންނަށް ފޮނުވުމާއި ޔައުމިއްޔާތައް ފާސްވުމުން ޢަރުޝީފުކުރުން އަދި ފަހުން ބޭނުންވުމުންވެސް ފަސޭހައިން ފެންނާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުން.
- އިންސްޓިޓިއުޓްގެ އެކިއެކި އިވެންޓްތަކާބެހޭ މަޢުލޫމާތު މީޑިއާއަށް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަމަޖެއްސުން.
- އިންސްޓިޓިއުޓުން ބާއްވާ އެކިއެކި އިވެންޓްތަކާއި ފޯރަމްތަކަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން.
- އިންސްޓިޓިއުޓްގެ ޑިޖިޓަލް މާރކެޓިންގ އަދި ޕީ.އާރ ސެކްޝަންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއެކު، މިދާއިރާއިން އިންސްޓިޓިއުޓަށް ބޭނުންވާ ކަންކަން ވިލަރެސް ކުރުން.
- އިންސްޓިޓިއުޓްގެ އެންމެހައި ސްޓޭކްހޯލްޑަރުންނާއި ގުޅުންބަދަހި ކުރުމަށް ކުރަންޖެހޭ ކަންތައް ދެނެގަނެ، ކަނޑައެޅިފައިވާ ސިތާސަތުގެ ދަށުން އެކަންތައްތައް ކުރުން.
- މޯލްޑިވްސް ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނާއި އެއާ ގުޅުންހުރި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން.
- ރެގިއުލޭޓަރީ ފްރޭމްވޯކްތައް އެއްގޮތްކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ (އެބަހީ، އައިއެފްއޭސީ) ގުޅުން ބަދަހިކުރުން.
- ރެގިއުލޭޓަރުންނާއި، އެކަޑަމީއާއި، އޮޑިޓް ފަރުމާތަކާއި، ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ބިނާކުރުން.
- އިންސްޓިޓިއުޓްގެ ޕީ.އާރް ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސިޔާސަތާއި އެއްގޮތަށް ކުރިއަށް ގެންދިޔުން.
- ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- މަސައްކަތާއި ގުޅޭ ގޮތުން އިންސްޓިޓިއުޓުއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
- މަޤާމާއި ގުޅޭދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (މީގެތެރެއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާއަކީ ސުޕަވައިޒަރީ ލެވެލްއެއްގައި މަސައްކަތްކޮށްގެން ހޯދާފައިވާ ތަޖުރިބާ ކަމުގައިވުން)، ނުވަތަ
- ACCA ޕްރޮފެޝަނަލް ލެވެލް ނުވަތަ CIMA ސްޓްރެޓެޖިކް ލެވެލް ނުވަތަ މަޤާމާއި ގުޅޭދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރާއި 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (މީގެތެރެއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާއަކީ ސުޕަވައިޒަރީ ލެވެލްއެއްގައި މަސައްކަތްކޮށްގެން ހޯދާފައިވާ ތަޖުރިބާ ކަމުގައިވުން).
|
މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:
|
- ހިންގުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު، މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.
|
މަޤާމުގެ ދާއިރާތައް:
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- އެކައުންޓިންގ
- ފައިނޭންސް
- ޕަބްލިކް ރިލޭޝަންސް
- މާކެޓިންގ
- ސްޓްރެޓީޖިކް މެނޭޖްމަންޓް
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ
ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު"
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" އާއި އެހެނިހެން ލިޔެކިޔުން ހުށަހަޅާނީ 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ.
ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
އިތުރު މަޢުލޫމާތު:
|
މި ވަޒީފާއަށް ހޮވޭ ފަރާތުގެ މަޤާމު ކަނޑައެޅޭނީ އެފަރާތުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހުގައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|