ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީ ތައުބާ މިސްކިތުގެ ފާޚާނާއަކާއި ވުޟޫކުރާ އިސްކޫރުބަރިއާއި ގުދަނެއް ހެދުން
ތިނަދޫ ސިޓީގެ ތައުބާ މިސްކިތުގައި މިހާރު ހުރި ފާޚާނާއާއި ވުޟޫކުރާ އިސްކޫރުބަރިއާއި ގުދަން ނެގުމަށްފަހު އެތަނުގައި މިއިދާރާއިންދޭ ކުރެހުމާ އެއްގޮތަށް ފާޚާނާއަކާއި ވުޟޫކުރާ އިސްކޫރުބަރިއަކާއި ގުދަނެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާ އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 11:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން |
ބީލަމަށް ރަޖިސްޓްރީކުރެއްވުން |
22 ޖުލައި 2025 އިން 30 ޖުލައި 2025އަށް |
30 ޖުލައި 2025 ގެ 13:00 ގެ ކުރިން |
ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ ނުވަތަ އީމެއިލް މެދުވެރިކޮށް |
ބީލަން ހުށަހެޅުން |
05 އޮގަސްޓް 2025 |
11:30 |
ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމް |
26 މުޙައްރަމް 1447