ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2025/153
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 11:26
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ކައުންސިލުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓު ރައްޔިތުންނާ ޙިއްސާކުރުން

އިޢުލާން

2025 ވަނަ އަހަރުގެ ކައުންސިލުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓު ރައްޔިތުންނާ ޙިއްސާކުރުން

       ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ތިނަދޫ ސިޓީ ކައުންސިލްގެ 2025 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހު ކައުންސިލުން ޙާޞިލު ކުރެވުނު ކަންތައްތަކުގެ ރިޕޯޓު ރައްޔިތުންނާ ޙިއްސާކުރުމަށް ބާއްވާ ބައްދަލުވުން 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ތިނަދޫ ސިޓީ އާބަދީ މަރުކަޒުގައި ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.

       ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންދެއްވުންއެދި ތިނަދޫ ސިޓީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

21 ޖުލައި 2025